twitterviber whatsapp telegramfacebookyoutube instagram
8th November 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
Oct 15, 2022

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ މޯލްޑިވްސް ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއެކޮށްފިއެވެ.

މިއީ އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

2022 ވަނަ އަހަރުގެ ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާއަކީ ތިން ފަންތިއެއްގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ބީޗް ވޮލީ ސާކިޓެކެވެ. މިގޮތުން މި މުބާރާތުގައި ފިއުޗަރ، ޗެލެންޖް އަދި އެލީޓް 16 ކެޓެގަރީއެއް ހިމެނެއެވެ.

މިއަހަރު މާރޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ އެކި ބައިތައްވަނީ މުޅި ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ބޭއްވުމަށް ހަމަޖެހިފައެވެ.

މި މުބާރާތުގެ ރާއްޖޭގެ އިވެންޓު ކުރިއަށްދާނީ 13 އިން 16 އޮކްޓޫބަރުގެ ނިޔަލަށް ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ. ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 28 ގައުމަކުން 200 އަށް ވުރެ ގިނަ ކުޅުންތެރިން މި ގްލޯބަލް އިވެންޓުގައި ބައިވެރިވެއެވެ.

ދިރާގުން ބުނީ ރާއްޖޭގެ ވޮލީބޯލް އިތުރަށް ކުރިއެރުވުމަށާއި ރާއްޖޭގެ ވޮލީބޯލް ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ލިބޭ މިފަދަ އިވެންޓުތަކަށް އެއްބާރުލުންދިނުމަކީ ދިރާގުން ވަރަށް ފަހުރުވާކަމެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293