twitterviber whatsapp telegramfacebookyoutube instagram
8th November 2026

ލި-ނިންގް ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
Oct 18, 2022

ބެޑްމިންޓަންގެ މިއަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުހަމަޖައްސައިފި އެވެ.

މި މުބާރާތަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަދި ބެޑްމިންޓަން އޭޝިއާ ގުޅިގެން އިންތިޒާމުކޮށް ބާއްވާ އިވެންޓެކެވެ.

ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާރކިޓް އެކުލެވިގެންވަނީ ތިން ލެވެލްއަކަށް ބަހާލެވިފައިވާ 70 ޓޯނަމެންޓެއްގެ މައްޗަށެވެ.

މި ލެވެލްތަކަކީ އިންޓަނޭޝަނަލް ޗެލެންޖް (ލެވެލް 1)، އިންޓަނޭޝަނަލް ސީރީޒް (ލެވެލް 2) އަދި ފިއުޗާ ސީރީޒް (ލެވެލް 3) އެވެ. ކޮންމެ މުބާރާތަކުންވެސް މޮޅުވާ ކުޅުންތެރިންނަށް ބީޑަބްލިއުއީއެފްގެ ޕްއިންޓް ސިސްޓަމްގެ ދަށުން ތަފާތު ރޭންކިންގ ޕޮއިންޓް ލިބޭނެއެވެ.

މި މުބާރާތުގެ ރާއްޖޭގައި ބޭއްވޭ އިންޓާނޭޝަނަލް ޗެލެންޖް ކުރިއަށް ދާނީ މި މަހު 18 އިން 23ގެ ނިޔަލަށް މާލެ ކުޅިވަރު އެކުވެނީގައެވެ. ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 25 ޤައުމެއްގެ ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތަކުރަމުން ދާނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އައު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293