twitterviber whatsapp telegramfacebookyoutube instagram
24th April 2025

ކުޑަކުދިންނަށް ކުރާ ދައުވާ އަނބުރާ ގެނެވޭނެ ގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Oct 20, 2022

ކުޑަކުދިންގެ މައްޗަށް ކުރާ ދައުވާތައް ޑައިވާޝަން ޕްރޮގްރާމްގެ ދަށުން، ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް އަނބުރާ ގެންދެވޭ ގޮތަށް އިސްލާހުތަކެއް ގެނެސްފިއެވެ.

ޕްރޮސެކިއުޓާ ޖެނަރަލް މި ނިޒާމު ގާއިމުކުރީ ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލު ކުރާ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) އަށް އިސްލާހަށް ގެނެސްގެންނެވެ.

ޑައިވާޝަންގެ ޕްރޮގްރާމްގެ ބޭނުމަކީ ކުށްކުރާ ކުއްޖާއަށް ކުށްތަކަށް އަރައި ގަތުން ދުރުހެލިކޮށް، މަޢާފަށް އެދުމުގެ ފުރުސަތު ހޯދައިދީ ކުށްތައް ތަކުރާރުވިޔަ ނުދިނުމުގެ ފުރުސަތު ތަނަވަސް ކުރުމެވެ.

ޑައިވާޝަން ހިންގަނިކޮށް މުއްދަތު ހަމަވާނަމަ ދައުވާކުރުމަށްފަހު މިއިސްލާހުގެ ދަށުން ދައުވާ އަނބުރާ ގެނައުމުގެ ބާރު ޕްރޮސެކިއުޓާ ޖެނަރަލަށް ލިބެ އެވެ.

ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލު ކުރާ ގަވާއިދާއި ޕްރޮސެކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވައިދު އިސްލާހުކޮށް މިފަދަ ނިޒާމެއް ގާއިމުކުރީ ޖިނާއީ ކުށްތައް ކުރާ ކުޑަކުދިންނަށް ޑައިވާޝަން ޕްރޮގްރާމްތައް ހިންގަން ގޮންޖެހުންތަކެއް ހުރުމުން ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355