twitterviber whatsapp telegramfacebookyoutube instagram
18th May 2024

ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށާއި 3 ފަރާތަކަށް ދެއްވައިފި

Oct 22, 2022

ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ގައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

މި ޖަލްސާގައި ހިތްވަރު ދިނުމުގެ ގަޤައުމީ އިނާމު އެރުވި 19 ބޭފުޅުންނާއި، 3 ފަރާތަކީ:

1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާނުގެ އިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ މުހައްމަދު ވަހީދު، އޯކިޑްވިލާ، ރ. ހުޅުދުއްފާރު

2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ހިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އައްޝައިޚް އިލްޔާސް ހުސައިން، ސިޕަރ، ސ. ހިތަދޫ

3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ހިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: ޑޮކްޓަރ އަލީ ޒާހިރު، މ. ހިތިމާގެ

4. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން: އިބްރާހީމް މަމްދޫޙް، ސީނާ، ރ. ރަސްމާދޫ

5. ތައުލީމީ ދާއިރާއިން؛ ތައުލީމު އުނގަންނައިދިނުމުގެ ރޮނގުން: އަލީ ނަސީރު، ހ. ވުޑްލޭންޑް

6. ތައުލީމީ ދާއިރާއިން؛ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

7. ތައުލީމީ ދާއިރާއިން؛ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމުގެ ރޮނގުން: އާއިޝަތު ޒަޢީމާ، ހުސްނޫވިލާ، މ. މުލައް

8. ޤާނޫނީ ދާއިރާއިން؛ ޤާނޫނީ ރޮނގުން ހިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އަލްއުސްތާޛާ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ

9. ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތައާރުފުކުރުމުގެ ރޮނގުން: އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197)

10. ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުޤުވެރިކުރުވުމަށާއި، ދިވެހީން އަހުލުވެރި ކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލާ މަރްޔަމް ނޫރައްދީން، މ. ތާނގީދޮށުގެ

11. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމުގެ (ވޮލަންޓިއަރިޒަމް) ރޮނގުން: އަބްދުﷲ އަލީ، ރަބީޢުގެ، ށ. ފުނަދޫ

12. އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ދާއިރާއިން؛ ލޭ ހަދިޔާކުރުމުގެ ރޮނގުން: އަލީ ޔޫސުފް، ހިތަށްފިނިވާގެ، ޅ. ނައިފަރު

13. ވިޔަފާރިއާއި އިޤްތިސާދީ ދާއިރާއިން؛ ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން: މުނި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް

14. ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ވިޔަފާރީގެ ގޮތުގައި އެކިއެކި މަސައްކަތްކުރުމުގެ ރޮނގުން: އަދީލް އިސްމާއީލް، މ. ސަންބީމް

15. މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: ޖޫދީ ހާލިދު، ހ. ވަޅުފެހި

16. ޑައިވިންގގެ ދާއިރާއިން؛ ރިކްރިއޭޝަނަލް ޑައިވިންގގެ ރޮނގުން: ފަހުދު ފާއިޒް، މ. ގްލެންވިލާ

17. ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން؛ ދިވެހީން ބިނާކޮށް އެމީހުން މަސައްކަތަށް ނެރުމުގެ ރޮނގުން: އާއިޝަތު އިބްރާހީމް، ހ. ކުއްޅަވަށްގަސްދޮށުގެއާގެ

18. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ޒިންމާދާރު ނޫސްވެރިކަންކުރުމުގެ ރޮނގުން: މުހައްމަދު ހަމްދޫން، އަތިރީގެ، ސ. ހުޅުދޫ

19. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނުކުރުމުގެ ރޮނގުން: ސާރޖަންޓް މޭޖަރ އިސްމާއީލް މާދީ، މއ. ބެލްޖިއަމްގެ

20. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން: މުހައްމަދު ޖައުޝަން ޝަރީފް، މ. ސެންޑްރޯސް

21. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ މިޔުޒިކް ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން: ޑީ ޓިއުން ބޭންޑް

22. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ހަސަން ފަރުހާން މުހައްމަދު، މ. މިޓްރީޕާރކް

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.

ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355