twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ޖަލާލުއްދީން ސްކޫލުގައި ކެޑޭޓާއި ބޭންޑްގެ ހަރަކާތްތައް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Oct 29, 2022

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ޖަލާލުއްދީން ސްކޫލުގައި ކެޑޭޓާއި ބޭންޑްގެ ހަރަކާތްތައް ފަށައިފި އެވެ. މިކަމަށްޓަކާ ރޭ ޖަލާލުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ، އެޑިއުކޭޝަން ޑިވެލޮޕްމެންޓް ޕްރޮފެޝަނަލް އަހުމަދު ނަސީމެވެ.

ޖަލާލުއްދީން ސްކޫލަކީ ކެޑޭޓާއި ބޭންޑްގެ ރަން ތާރީހެއް އޮތް ސްކޫލެކެވެ. އެކަމަކު ތަފާތު ސަބަބުތަކާހެދި 2016 އަހަރުގެ ތެރޭގައި އެ ހަރަކާތް ސްކޫލުގައި ހުއްޓުނެވެ. އަލުން އަނެއްކާވެސް މިއަހަރު މިހަރަކާތް ފެށުނީ ގިނަ ބައެއްގެ ބުރަ މަސައްކަތުންނެވެ.

ޖަލާލުއްދީން ސްކޫލުގެ ޖޫނިއާ ކެޑޭޓުން އިގުރާރުވުމާއި ސީނިއާ ކެޑޭޓުން ހުވާކޮށް ހަތިޔާރު ހަވާލުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި 75 ކެޑޭޓުން ބައިވެރިވި އެވެ. މި ރަސްމިއްޔާތުގައި ހުވައާ ބެހޭގޮތުން ވާހަކަފުޅުދައްކަވައި ޖޫނިއާ ކެޑޭޓުންނަށް ހުވައިލައްދެއްވީ ހދ ޖުޑީޝިއަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަލީ އާދަމެވެ.

ހަތިޔާރު ހަވާލުކުރެވޭއިރު އަންގާ އެންގުން އިއްވާ، ހަތިޔާރު ހަވާލުކޮށްދެއްވީ އެމްއެންޑީއެފުގެ ނޮދަން އޭރިއާގެ ކޮމާންޑް ސަރވިސް ސަޕޯޓް ކޮންޕޮނެންޓް ކޮމާންޑަރު ކެޕްޓަން ސިރާޖެވެ. ކެޑޭޓުންނަށް އަޒުމު ލައިދެއްވީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ މެޖަރ އަހުމީމް ޒަކަރިއްޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355