twitterviber whatsapp telegramfacebookyoutube instagram
8th November 2026

މުފްތީ މެންކު ދެއްވާ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Oct 27, 2022

މަޝްހޫރު ދީނީ ޢިލްމްވެރިޔާ މުފްތީ މެންކް ދެއްވާ "މުފްތީ މެންކް އިން މޯލްޑިވްސް"ގެ ސިލްސިލާ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މުފްތީ މެންކް ދެއްވާ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފައިވާއިރު، މުފްތީ މެންކްގެ ދަރުސްތައް ދެއްވުމަށް ހަމަޖެހިފައިވަނީ މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުޅުމާލެ ސިޓީގައެވެ.

މެންކްގެ ފުރަތަމަ ދަރުސް އޮންނާނީ މާދަމާ ރޭ މާލޭގެ އަލިމަސް ކާނިވަލުގައެވެ. އެ ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ.

މިއީ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ. މީގެ ކުރިން މުފްތީ މެންކް ވަނީ 2015, 2016 އަދި 2020 ވަނަ އަހަރު މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގައި ދީނީ ދަރުސް ދެއްވާފައެވެ.

ދިރާގުން ބުނީ ދިވެހިރާއްޖޭގައި އިސްލާމީ ރިވެތި އަޚްލާޤު ކުރިއެރުވުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި އިސްނެގުމަށް ދިރާގުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުންދޭނޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293