twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޗަނާޗާ މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Oct 28, 2022

'ޗަނާޗާ 2022' މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމާ ބެހޭ ގޮތުން ދިރާގުން ބުނީ، ރާއްޖޭގެ ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭ މިފަދަ ހަރަކާތްތަކަށް އެ ކުންފުނިން އަބަދުވެސް އެއްބާރުލުންދޭ ކަމަށެވެ.

މި ޝޯއަކީ މަޝްހޫރު ދިވެހި ސްޓްރީމިން ޕްލެޓްފޯމް ބައިސްކޯފުން އިންތިޒާމްކޮށްގެން ބާއްވާ ޝޯއެކެވެ.

އެ ޝޯގައި ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑެއް ލަވަ ކުޅޭއިރު، ރާއްޖޭގެ އެހެން މިއުޒިޝަނުން ވެސް ޝޯގައި ބައިވެރިވާނެއެވެ. އެގޮތުން ޝޯގައި ކުޅެން ހަމަޖެހިފައިވާ ބޭންޑުތަކަކީ ސްކައި ރޮކް، ރެވިއޯ، އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، އަޗޭސިއާ، ސިންބޮލިކް ރިކޯޑްސް، ޑިޓިއުން ބޭންޑް، ފަސީ ލައިވް އަދި ހަންބަލް ބަކަރިއެވެ.

މީގެ އިތުރުން އެ ޝޯގައި، ރާއްޖޭގެ 80އަށްވުރެ ގިނަ އާޓިސްޓުން ޕާފޯމް ކުރާނެއެވެ. މި ޝޯގައި، "މަނިކޭ މަގޭ ހިތޭ" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާގެ ލައިވް ޕާފޯމަންސް ފެންނާނެއެވެ.

އެ ޝޯ ބާއްވަން ނިންމާފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.

ހަވީރު ބާއްވާ ޝޯއަށް ހިލޭ ވަދެވޭ ނަމަވެސް ރޭގަނޑު ބާއްވާ ޝޯއަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. އެގޮތުން 150 ރުފިޔާގެ އެ ޓިކެޓު ބައިސްކޯފުން ވިއްކަނީ އޮންލައިންކޮށެވެ.

އެ ޝޯގެ ވީއައިޕީ ޓިކެޓު ވެސް މިހާރު ވިއްކަމުންދާއިރު އެ ޓިކެޓު ގަތުމުން ޔޮހާނީއާ ބައްދަލުކޮށް، އެކުގައި ފޮޓޯނެގުމުގެ ފުރުސަތު ލިބޭނެއެވެ. އަދި "ޗަނާޗާ 2022"ގެ ޓީޝާޓަކާއެކު، ޝޯ ބަލާލުމަށް ޚާއްސަ ޖާގައެއް ވީއައިޕީ ޓިކެޓު ގަންނަ މީހުންނަށް ހަމަޖެހޭނެއެވެ.

ނުވަ ސަތޭކަ ނުވަދިހަ ނުވަ ރުފިޔާއަށް ވީއައިޕީ ޓިކެޓެއް ވިއްކާއިރު، ވީއައިޕީ ޓިކެޓު ވިއްކަން ހަމަޖެހިފައި ވަނީ ލިމިޓެޑް އަދަދަކަށެވެ. އަދި ކުރިން ޓިކެޓު ގަނެފައިވާ މީހުންނަށް ވެސް ވީއައިޕީ ޓިކެޓަކަށް ބަދަލުކުރަން ބޭނުންނަމަ އެ ފުރުސަތު ބައިސްކޯފުން ވަނީ ހުޅުވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355