twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރަން 341 މިލިއަން ބަޖެޓެއް

ނަބީލާ އިސްމާޢީލް
Oct 31, 2022
1

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ މާލީ އެހީތެރިކަން އިތުރު ކުރަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ 42.608 ބިލިއަން ރުފިޔާގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީ ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުން އެހެނިހެން އެހީތަކުގެ ގޮތުގައި ދެވޭ ފައިސާގެ ތެރޭގައި އެންމެ ބޮޑީ ސިދާ ގޮތެއްގައި އާންމު ފަރުދުންނަށް ދެމުން އަންނަ އެހީތަކުގެ ހިއްސާ ކަމަށެވެ.

މީގެ ތެރެއިން، ނުކުޅެދޭ ފަރާތްތަކަށް ދޭ އެހީގެ ފައިސާ އާއި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެހީގެ ގޮތުގައި ދޭ ފައިސާ، 2014 ވަނަ އަހަރުން ފެށިގެން އެއް މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ބަޖެޓް ފޮތުގައި ބުނެފައި ވެއެވެ. ނަމަވެސް މި އަހަރާ އަޅާބަލާއިރު، އަންނަ އަހަރުގެ ބަޖެޓުން މި ބަޔަށް ކުރެވޭ ހޭދަ ހަ އިންސައްތަ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިނިސްޓަރ ވިދާޅުވީ އެލަވަންސް ދިނުމުގައި ގެނަށް ބަދަލާއިއެކު މި އެލަވަންސްތައް ދެމުން ގެންދާނީ އޭގެ އެންމެ ހައްގު ފަރާތްތަކަށް އެކަށޭނެ މިންވަރެއްގަ އެވެ.

އަންނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތި ކުރެވިގެން އެލަވަންސް ދިނުމަށް އުސޫލު ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިއަދު ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355