twitterviber whatsapp telegramfacebookyoutube instagram
29th April 2026

އަންނަ އަހަރު ހިރަފުސް ދަނޑުގައި ޓާފް އަޅައިގެން ތަރައްގީކުރަނީ

އަބްދުލް ވާހިދު ޙަސަން
Oct 31, 2022
4

ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިގެން ތަރައްގީކުރުމަށް 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ. ހިރަފުސް ދަނޑަކީ ކުޅުދުއްފުށީގައި އެންމެ ރީތިކޮށް ގުދުރަތީ ވިނަ ހައްދައިގެން ބަލަހައްޓަމުންދާ ދަނޑެވެ.

ކުޅުދުއްފުށީގައި ހަތަރު ފުޓްބޯޅަ ދަނޑު އޮންނައިރު ޓާރފު އަޅައިގެން ތަރައްގީކޮށްފައިވާ ހަމައެކަނި ރަސްމީ ފުޓްބޯޅަ (ޒިގްޒެގް) ދަނޑުގައި އެވެ. މިދަނޑުގައި ލައިޓް ޖަހައި މިހާރު ކުރަމުންދަނީ ރެސްޓްރޮމް ހެދުމުގެ މަސައްކަތެވެ.

އަންނަ އަހަރަށް ލަފާކޮށް މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހިރަފުސް ދަނޑުގައި ޓާރފު އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް 325،000 ރުފިޔާ ބަޖެޓްގައި ހިމަނާފައިވެ އެވެ.

ބަޖެޓްގައި އަންނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅުދުއްފުއްޓަށް ހުރި އެހެން މަޝްރޫއުތަކަށް ބަލާއިރު އިންޑޯ ކޮމްޕްލެކްސް ގާއިމުކުރުން ޕްރީ ޓެންޑަރިންގ މަރުހަލާގައިވާއިރު އެ މަޝްރޫއަށް 1.5 މިލިއަން ހިމަނާފައިވެ އެވެ. އަދި ސިންތެޓިކް ޓްރެކް ތަރައްގީކުރަން 1.6 މިލިއަން ބަޖެޓްކޮށްފައިވެ އެވެ. މި މަޝްރޫއުވެސް އޮތީ ޕްރީ ޓެންޑަރިންގ މަރުހަލާގަ އެވެ.

މިހާރުވެސް ހިނގަމުންދާ ދެ މަޝްރޫއުގެ ގޮތުގައި ވޮލީކޯޓް ތަރައްގީކުރުމާއި ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން ހިމަނާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355