twitterviber whatsapp telegramfacebookyoutube instagram
5th October 2026

އެންމެ މޮޅު ނޫސްވެރިޔާގެ މަގާމަށް ނާޒިމް ވާދަކުރަނީ، އާންމުންގެ ވޯޓަކަށް ހުޅުވާލާފައި!

Nov 2, 2022

ކުޅުދުއްފުށި އޮންލައިން އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި، މިހާރު "އަދަދު" ގެ އެސޯސިއޭޓް އެޑިޓަރު ނާޒިމް ހަސަން ވާދަކުރާއިރު، އެ މަގާމަށް ކުރިމަތިލާފައިވާ ނޫސްވެރިންނަށް އާންމުންގެ ވޯޓަކަށް ވަނީ ހުޅުވާލައިފަ އެވެ.

ކުރިން "ވަގުތު" އަދި "އަވަސް" ގައި ވެސް މަސައްކަތް ކޮށްފައިވާ ނާޒިމް މީގެ ކުރިން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އުންމީދީ ނޫސްވެރިޔާގެ އެވޯޑް އެއް ފަހަރު އަދި ޝަރުއީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު އެއް ފަހަރު ހޯދައިފަ އެވެ. ޒުވާނުންނަށް ދޭ ޔޫތު އެވޯޑު ވެސް މިދިޔަ އަހަރު އޭނާ ހޯދާފައިވެ އެވެ.

ނާޒިމްގެ އިތުރުން އެ މަގާމަށް ދެން ވާދަކުރައްވަނީ، "ވަގުތު" ގެ ޑެޕިއުޓީ އެޑިޓަރު މުހައްމަދު ޔާމީން، "ދައުރު" ގެ އެސިސްޓެންޓް އެޑިޓަރު އާމިނަތު ޝިފްލީން، "މިހާރު" ގެ ސަބް އެޑިޓަރު އާސިމާ ނިޒާރު، އަދި "ވަން" ގެ މުހައްމަދު ސިމާއު އެވެ.

އަހަރުތަކުގެ މެދުކެނޑުމަކަށް ފަހު، އަނެއްކާ ވެސް އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ދޭން ނިންމާފައިވާއިރު، އޭގެ 15 ޕަސެންޓް މާކްސް ދޭން ހަމަޖެހިފައި ވަނީ އާންމުންގެ އެސްއެމްއެސް ވޯޓަކުންނެވެ. އަދި މި މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށް ވޯޓު ލާން މީޑިއާ ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ.

ވޯޓުލާން އެސްއެމްއެސް ކުރަން ޖެހޭ ގޮތް:

ނާޒިމް ހަސަން (އަދަދު) JY NH ފޮނުވާނީ 4244
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293