twitterviber whatsapp telegramfacebookyoutube instagram
17th May 2024

"އެމްއެންޔޫ ފަހި ފުރުސަތު ވަޒީފާ މައުރަޒު" ކުޅުދުއްފުށީ ކެމްޕަސްގަައި ބާއްވަނީ

ކުޅުދުއްފުށީ ކެމްޕަސްގައި ބާއްވާ މައުރަޒުގައި މޯލްޑިވްސް ޕޮލިސް ސާރވިސް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެއަރމޮންޓް މޯލްޑިވްސް ސިއްރުފެންފުށި ރިޒޯޓް ބައިވެރިވި.

އަބްދުލް ވާހިދު ޙަސަން
Nov 8, 2022

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި 9 އަދި 10 ނޮވެމްބަރު މި ދެދުވަހު ކުރިއަށްގެންދާ "އެމްއެންޔޫ ފަހި ފުރުސަތު ވަޒީފާ މައުރަޒު" މިފަހަރު ކުޅުދުއްފުށީ ކެމްޕަސްގައިވެސް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރު ޑރ. މުހައްމަދު އުމަރު މައުލޫމާތު ދެއްވި ގޮތުގައި، ކުޅުދުއްފުށީ ކެމްޕަސްގައިވެސް މި މައުރަޒު އޮންނާނީ މާލެއާ ޔުނިވާސިޓީގެ އެހެނިހެން ކެމްޕަސްތަކުގައިވެސް އޮންނަ ދުވަސްތަކުގައި ހަމަ އެގަޑިތަކުގައެވެ.

އެއީ 9 ނޮވެމްބަރުވާ ބުދަ ދުވަހާއި 10 ނޮވެމްބަރުވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ކުން 6:00 އަކަށް އަދި ރޭގަނޑު 8:00 ކުން 10:00 އަށެވެ.

ކުޅުދުއްފުށީ ކެމްޕަސްގައި ބާއްވާ މި މައުރަޒުގައި 3 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ، މޯލްޑިވްސް ޕޮލިސް ސާރވިސް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެއަރމޮންޓް މޯލްޑިވްސް ސިއްރުފެންފުށި ރިޒޯޓެވެ. މިތަންތަނުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ފުރުސަތުތަކާއި މިތަންތަނާ ބެހޭ އިތުރު މައުލޫމާތު މި ޖޮބް ފެސްޓިވަލްގެ ސްޓޯލްތަކުން ލިބިގެންދާނެކަމަށް ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރު ޑރ މުހައްމަދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާ އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލައިދޭ މަންސައެކެވެ.

މިއަހަރުގެ ޖޫން މަހުގައި ބޭއްވި ފުރަތަމަ އެމް.އެން.ޔޫ. ފަހި ފުރުސަތު ވަޒީފާގެ މައުރަޒުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 32 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް އެފަހަރު މި މައުރަޒު ބޭއްވުނީ ހަމައެކަނި މާލޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355