twitterviber whatsapp telegramfacebookyoutube instagram
6th May 2024

ވިރާނާވާން ދޫކޮށްލި ރޯހައުސްތައް މަރާމާތުކޮށް ނިންމާލައިފި

އަބްދުލް ވާހިދު ޙަސަން
Nov 9, 2022
4

ރައީސް ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީ ހިއްކި ބިމުގައި އަޅަން ފަށައި ހުއްޓިފައިހުރި ރޯހައުސްތައް މަރާމާތުކޮށް ނިންމާލައިފި އެވެ. ކުރީގެ ސަރުކާރުތަކުން ވީރާނާވާން ދޫކޮށްލި އެ ރޯހައުސްތައް މަރާމާތުކޮށް ނިންމާ އެކަން މިހާރު ވަނީ ހައުންސިންގ މިނިސްޓްރީއަށްވެސް އަންގާފަ އެވެ.

އެ ހައުންސިލް ޔުނިޓްގެ މަސައްކަތް ހުއްޓުނީ ރައީސް ނަޝީދުގެ ވެރިކަން ނިމުމު ހިސާބުންނެވެ. އޭރުވެސް ފެންވަރު ދަށްކޮށް އިމާރާތްކުރަން ފެށި 105 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށް ހަވާލުކުރި އެ ރޯހައުސްތައް މަރާމާތުކޮށް ނިންމީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

ސިޓީ ކައުންސިލް މެމްބަރު ރިލްވާން މުހައްމަދު ކޭއޯއަށް ވިދާޅުވީ، ރޯހައުސްތަކުގެ ފައިނަލް އިންސްޕެކްޝަނަށް މާދަމާ ހައުންސިންގ މިނިސްޓްރީގެ ޓީމެއް އަންނާނެ ކަމަށާއި ސިޓީ ކައުންސިލުގެ ޓީމަކާއެކު ފައިނަލް އިންސްޕެކްޝަން މާދަމާ ފަށައި މިމަހު 15 އާހަމައަށް އިންސްޕެކްޝަން ކުރިއަށްދާނެ ކަމަށެވެ.

ރޯހައުސްތައް ދެވޭނެ ސީދާ ތާރީހެއް ކަނޑައަޅަން އެނގޭނީ ފައިނަލް އިންސްޕެކްޝަނަށްފަހު ކަމަށް އޭނާ ވިދާޅުވީ އެވެ. ރިލްވާނު ވިދާޅުވީ، ޔުނިޓްތަކަށް ފެން ގުޅިފައިނުވާ ކަމަށާއި އެހެންނަމަވެސް މިބަލަނީ ކުރިއަށްއޮތް ދެ ހަފްތާއެއްގެ ތެރޭގައި ފެން ގުޅައި ނިންމާލެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355