twitterviber whatsapp telegramfacebookyoutube instagram
14th July 2026

400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މި ހަފްތާތެރޭ ފަށައި ބާރަށް ކުރިއަށްގެންދާނެ: މުއްތަލިބް

ނަބީލާ އިސްމާޢީލް
Jul 14, 2026

ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށައި ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ އަމަލީ މަސައްކަތް މިހަފްތާތެރޭ ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު ހޯމަދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް މިހާރު ރެއިންބޯ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން މޮބިލެޒޭޝްވެފައިވާކަމަށާއި މި ހަފްތާތެރޭގައި އިތުރު މެޓީރިއަލްސްތަކެއް ގެންގޮސްގެން އެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއްވާފައި ވާކަމަށެވެ.

އިތުރަށް މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާލުން ކަމަށެވެ.

މެންބަރު އިތުރަށް ދެން މިނިސްޓަރާ ކުރެއްވި ސުވާލަކީ މިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް އެޕްރީލްމަހު ބިންގާ އެޅި، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ކުޅުދުއްފުށީ 2000 ހައުސިން ޔުނިޓްގެ ޑިޒައިން މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެކެވެ.

މިނިސްޓަރު ވިދާޅުވީ ޑިޒައިން މަސައްކަތް ކުރިއަށްދާކަމަށާއި ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން ކޮންޓްރެކްޓަރ އެރޭންޖް ފައިނޭންސްއަކަށްދާން ހުށަހަޅާފައިވާކަމަށެވެ.

"އެހެންވީމަ އެ ފައިނޭންސް އެރޭންޖް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށްވެސް ކުރިއަށްއެބަ ގެންދޭ، އެހެން ނަމަވެސް ސީދާ އަޅުގަނޑަކަށް މި ވަގުތު ޔަގީންކޮށް ދަންނަވާކަށް ނޭގެ ކިހާ ހިސާބެއްގެކަމެށް ނޭގެ މަސައްކަތް ފެށޭނީ ނަމަވެސް ކުރަންޖެހޭ މި ދެންނެވި ގޮތަށް ފައިސާ ހަމަޖެއްސުމާއި، ދައުލަތުގެ ބަޖެޓުންވިޔަސް އެޗްޑީސީގެ ބަޖެޓުންވެސް ހަރަދުކުރާ މަޝްރޫއުއެއްގެ ބަދަލުގައި ފައިސާ ލޯނެއްގެ ގޮތުގައި ހަމަޖައްސައިގެން ކުރިއަށް ގެންދަން ހުށަހަޅާފައި އޮތް މަޝްރޫއަކަށްވާތީވެ އެކަންތަށްތަށް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރިއަށްދަނީ. " މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355