twitterviber whatsapp telegramfacebookyoutube instagram
17th May 2024

އެމްއެންޔޫ ޖޮބް ފެއަރ ކުޅުދުއްފުށީގައި ފަށައިފި

އަބްދުލް ވާހިދު ޙަސަން
Nov 9, 2022

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކުރިއަށްގެންދާ "އެމްއެންޔޫ ފަހި ފުރުސަތު ވަޒީފާގެ މައުރަޒު" މިއަދު ހުޅުވައިފި އެވެ. ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މައުރަޒު ހުޅުވައިދެއްވީ މިއަދު ހަވީރު އެ ކުޅުދުއްފުށީ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރު ޑރ. މުހައްމަދު އުމަރާއި އެ ކެމްޕަހުގެ ލެކްޗަރާ އިންނާއި މުވައްޒަފުން އަދި އާންމު ބައިވެރިވި އެވެ.

މި މައުރަޒު އޮންނާނީ 9 ނޮވެމްބަރުވާ ބުދަ ދުވަހާއި 10 ނޮވެމްބަރުވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ކުން 6:00 އަކަށް އަދި ރޭގަނޑު 8:00 ކުން 10:00 އަށެވެ.

ކުޅުދުއްފުށީ ކެމްޕަސްގައި ބާއްވާ މި މައުރަޒުގައި 3 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ، މޯލްޑިވްސް ޕޮލިސް ސާރވިސް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެއަރމޮންޓް މޯލްޑިވްސް ސިއްރުފެންފުށި ރިޒޯޓެވެ.

މިތަންތަނުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ފުރުސަތުތަކާއި މިތަންތަނާ ބެހޭ އިތުރު މައުލޫމާތު މި ޖޮބް ފެސްޓިވަލްގެ ސްޓޯލްތަކުން ލިބިގެންދާނެ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާ އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލައިދޭ މަންސައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355