twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ އަންހެން ޗެމްޕިއަންކަން ސީއެސް ވުމެންސްއަށް، ފުޓްސަލް ކުއީންއަކަށް ޒާރާ

މުޙައްމަދު އަހުމަދު
Nov 12, 2022

ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ހދ. ކުމުންދޫގައި ކުރިއަށް ގެންދިޔަ ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސީއެސް ވުމެންސް ޓީމު ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ޓާފް ކުއީންއާ ބައްދަލުކޮށް ސީއެސް ވުމެންސްއިން މުބާރާތުގެ ތަށި ހިއްލާލީ 1 - 0 ގެ ހަނިތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސީއެސް ވުމެންސްގެ ޖޯޒީ ނަމްބަރު 14 ފާތިމަތު ޒާރާ އާދަމް އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ޓާފް ކުއީންގެ ޖޯޒީ ނަމްބަރު 4 ރައުފާ އިބްރާހިމް ހޮވުނުއިރު މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހާސިލްކުރީ ސީއެސް ވުމެންސްގެ ޖޯޒީ ނަމްބަރު 17 ރާއިދާ މޫސާއާއި އެޓީމުގެ ޖޯޒީ ނަމްބަރު 14 ފާތިމަތު ޒާރާ އާދަމް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ސީއެސް ވުމެންސްގެ ޖޯޒީ ނަމްބަރު 5 ސަލްމާ އަލީ، ޒީރު ސްޓާރސް ޖޯޒީ ނަމްބަރު 10 ފާތިމަތު ޝަހުލާ، ސީއެސް ވުމެންސްގެ ޖޯޒީ ނަމްބަރު 17 ރާއިދާ މޫސާގެ އިތުރުން ޓާފް ކުއީންގެ ޖޯޒީ ނަމްބަރު 10 އައިމިނަތު ޝާމިލާއާއި ސީއެސް ވުމެންސްގެ ޖޯޒީ ނަމްބަރު 14 ފާތިމަތު ޒާރާ އާދަމް އެވެ.

ޗެމްޕިއަންކަން ސީއެސް ވުމެންސްއިން ހޯދިއިރު ރަނަރއަޕް ޓީމަކީ ޓާފް ކުއީން އެވެ. އަދި ފްއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ވެސް ޓާފް ކުއީން އެވެ.

ބެސްޓް ޕްލޭޔަރ އައިލެންޑަށް ސީއެސް ވުމެންސްގެ ޖޯޒީ ނަމްބަރު 14 ފާތިމަތު ޒާރާ އާދަމް ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ފުޓްސަލް ކުއީންއަކަށް ވެސް ހޮވިފައިވަނި ސީއެސް ވުމެންސްގެ ޖޯޒީ ނަމްބަރު 14 ފާތިމަތު ޒާރާ އާދަމް އެވެ. މިމުބާރާތުގެ ފިރިހެން ފައިނަލް މިރޭ ކުޅެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355