twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތަފާތު ހުނަރުތައް ފެނިގެންދަ "ރިވެލި" ހުޅުވައިފި

ނަބީލާ އިސްމާޢީލް
Nov 14, 2022

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކާލުމަށް ބާއްވާ މައުރަޒު "ރިވެލި" މިއަދު ހުޅުވައިފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މި މައުރަޒު މިއަދު ހެނދުނު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ.

މައުރަޒު ހުޅުއްވައިދެއްވުމަށްފަހު މެޑަމް ފަޒްނާ ވަނީ މައުރަޒް ބައްލަވާލައްވާފަ އެވެ. އަދި މައުރަޒުގައި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިންނާއި، ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ދާއިރާއިން އުފެއްދުންތައް ބައިވެރިކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ވެސް ހަވާލުކޮށްދެއްވާފައިވެ އެވެ.

މި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މައުރަޒެކެވެ.

މި އަހަރުގެ މައުރަޒުގައި ބައިވެރިވެފައިވަނީ 95 ބައިވެރިންނެވެ. ބައިވެރިން އުފެއްދުންތައް ހުށަހަޅާފައިވަނީ ފަސް ދާއިރާއަކުންނެވެ. އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކާބޯތަކެތީގެ ދާއިރާއާއި، ކުރެހުމުގެ ދާއިރާއާއި، އަތްތެރި މަސައްކަތްކުރުމުގެ ދާއިރާ އެވެ. މި އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

ޖެންޑާ މިނިސްޓްރީން އިންތިޒާމު ކުރި ރިވެލި މައުރަޒު ކުރިއަށްދާނީ މިއަދާއި މާދަމާ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355