twitterviber whatsapp telegramfacebookyoutube instagram
12th May 2026

ކުޅުދުއްފުށީގައި ބާއްވާ ހިޔަލަ އެކްސްޕޯގައި 5 ރަށަކުން ބައިވެރިވެއްޖެ

ނަބީލާ އިސްމާޢީލް
Nov 17, 2022

ބައިނަލް އަޤްވާމީ ގެވެށި މަސައްކަތްތެރީންގެ ދުވަހާއި ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ބާއްވާ ކަނބަލުންގެ ހާއްސަ މައުރަޒު (ހިޔަލަ އެކްސްޕޯ 2022) ގައި 5 ރަށަކުން ބައިވެރިވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 ން ހަވީރު 18:00 އަށް ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި ކުރިއަށްގެންދާ މި މައުރަޒުގައި ބައުވެރިވެފައިވަނީ ކުޅުދުއްފުށި، ހަނިމާދޫ، ނޮޅިވަރަންފަރު، ކުރިނބީ އަދި ނެއްލައިދޫ އެވެ.

މި އެކްސްޕޯގައި އެސްޑީއެފްސީ، އޯތެންޓިކް މޯލްޑިވްސް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓްގެ ފަރާތުން ވިޔަފާރިވެރިންނަށް ބޭނުންވާ ގިނަގުނަ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މައުރަޒުގައި ހިމެނޭ އުފެއްދުންތަކުގެ ތެރޭގައި ކާބޯތަކެތީގެ ތަފާތު ބައިތައް (ހެދިކާ، ލުއި ކާނާގެ އިތުރުން ތަފާތު ވައްތަރުގެ ޑިޝްތައް) ކޭކް، ޕޭސްޓްރީގެ ބާވަތްތައް، އަތްތެރި މަސައްކަތުގެ ބާވަތްތައް (ރޯނު، ކަސަބު، ކީޗެއިން، ކެންވަސް ކުރެހުން) އަދި އަންނައުނުގެ ބާވަތްތައް، ބޭޑް ޝީޓްގެ ބާވަތްތައް، އަދިވެސް މިނޫން ތަފާތު ތަކެތި ހިމެނޭނެ އެވެ.

މިދިޔަ އަހަރުވެސްވަނީ މި އެކްސްޕޯ ކުރިއަށްގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355