twitterviber whatsapp telegramfacebookyoutube instagram
18th October 2024

ރާއްޖޭގައި ބާއްވާ ފުރަތަމަ ހެވީ ވެއިޓް ޑްރެގް ރޭސް ކުޅުދުއްފުށީގައި

މުޙައްމަދު އަހުމަދު
Nov 22, 2022

ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްއިން ބާއްވާ ކޭއެމްއެސް ޕްރޯ ސްޓްރީޓް ޑްރެގް ޗެމްޕިއަންޝިޕް އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރު ޒުވާނުންގެ ދުވަހު ކޭއެމްއެސްއިން ރާއްޖޭގެ ފުރަތަމަ އަންހެން ޑްރެގް ރޭސް އިވެންޓް ބޭއްވިއިރު މިއަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެވީ ވެއިޓް ޑްރެގް ރޭސް ކޭއެމްއެސްއިން ކުޅުދުއްފުށީގައި ބާއްވާނެ އެވެ.

ހެވީ ވެއިޓް ކެޓަގަރީގައި ބައިވެރިވެވޭނީ ބަރުދަނުގައި 85 ކިލޯއަށްވުރެ ބަރު ރައިޑަރުންނަށެވެ. ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޭއެމްއެސްއިން ބުނީ ހެވީވެއިޓް ކެޓަގަރީ ކުރިއަށް ގެންދަން ނިންމި ސަބަބަކީ ޑްރެގް ރޭހުގައި ރައިޑަރުން ބަރުވުމަކީ ލިބޭ ވަރަށް ޑިސްއެޑްވާންޓޭޖެއް ކަމަށާއި އެހެންވީމާ ރޭސް ޖަހާ ހިތްވާ ބަރު ރައިޑަރުންނަށް ކެޓަގަރީއެއް ހަދާ މޮޓޯސްޕޯޓްސް ކުޅިވަރުގައި އާކަމެއް ފަށާ މޮޓޯސްޕޯޓްސް ކުރިއެރުވުމަށް ކަމަށެވެ.

މިފަހަރުގެ ރޯޑް ޗެމްޕިއަންޝިޕުގައި ހިމެނޭ ކެޓަގަރީތައް:

100 - 120 ސީސީ ޑްރެގް އިވެންޓް
125 ސީސީ ޑްރެގް އިވެންޓް
ހެވީ ވެއިޓް އޯޕަން ޑްރެގް، 100 - 155 ސީސީ ޑްރެގް އިވެންޓް(85 ކިލޯއަށްވުރެ ބަރު)
އޮޓޯ އޯޕަން ޑްރެގް އިވެންޓް (100 - 155 ސީސީ)
57 ސިލިންޑާ އޯޕަން ޑްރެގް އިވެންޓް (100 - 150 ސީސީ)
57 ސިލިންޑާ އޯޕަން އިވެންޓް (އަންހެން، 100 - 150 ސީސީ)
ވުމެން އޯޕަން ޑްރެގް އިވެންޓް (100 - 155 ސީސީ)
135 ސީސީ ޑްރެގް އިވެންޓް
150 ސީސީ ޑްރެގް އިވެންޓް
ޕްރޯ ސްޓްރީޓް ޑްރެގް ކިންގް އިވެންޓް (100 - 150 ސީސީ)

ކޮންމެ ކެޓަގަރީއަކުން ވެސް 4 ރައިޑަރުން ބައިވެރިނުވަންޏާ އިވެންޓް ކުރިއަށް ނުދާނެ އެވެ. މުބާރާތް އޮންނާނީ އަމީނީ މަގު ދެކުނު ކޮޅުގަ އެވެ. އަދި އަމީނީ މަގާ ނޯތު ހާބަރުގައި ޕްރެކްޓިސް ކުރިއަށްދާނެ އެވެ.

ޕްރެކްޓިސް ޝެޑިއުލް:

ތާސްޑޭ ނައިޓް ޕްރެކްޓިސް (1 ޑިސެމްބަރު 2022) (ރޭގަނޑު 11 އިން މެންދަމު 1 އަށް) (ކުޅުދުއްފުށީ ނޯތު ހާބަރ)
ތާސްޑޭ ނައިޓް ޕްރެކްޓިސް (8 ޑިސެމްބަރު 2022) (ރޭގަނޑު 11 އިން މެންދަމު 1 އަށް) (ކުޅުދުއްފުށީ ނޯތު ހާބަރ)
ޕްރެކްޓިސް (23 ޑިސެމްބަރު 2022) (ހެނދުނު 8 ން 10 އަށް) (އަމީނީ މަގު ދެކުނުކޮޅު)
ޕްރެކްޓިސް (30 ޑިސެމްބަރު 2022) (ހެނދުނު 8 ން 10 އަށް) (އަމީނީ މަގު ދެކުނުކޮޅު)

ރޭސް ޝެޑިއުލް:

ޑޭ 1: 30 ޑިސެމްބަރު 20 (ހުކުރު) 22 - އަމީނީ މަގު ދެކުނުކޮޅު - 13:30 ން 18:00 އަށް
ޑޭ 1: 31 ޑިސެމްބަރު 2022 (ހޮނިހިރު) - އަމީނީ މަގު ދެކުނުކޮޅު - 09:00 ން 18:00 އަށް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355