twitterviber whatsapp telegramfacebookyoutube instagram
24th April 2025

އާކުން ހދ އަތޮޅުގައި ސްޕީޗް ކޭމްޕެއް ބާއްވައިފި

ނަބީލާ އިސްމާޢީލް
Nov 22, 2022

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން ގުޅިގެން ހދ.އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕްއެއް ކުރިއަށް ގެންގޮސްފިއެވެ.

މިކޭމްޕްގައި ހދ ނޮޅިވަރަންފަރު، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި އަޑުއިވުމާއި ވާހަކަދެއްކުމުގައި ދަތިތައް ހުންނަ 90 އަށްވުރެ ގިނަ ކުޑަކުދިންނަށް ރާއްޖެއިން ބޭރުގް ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަން، ޑައިގްނޯސިސް، އިންޑިވިޖުއަލް އެސެސްމަންޓް އަދި އޯޑިއޯމެޓްރިކް ޓެސްޓް ހިލޭ ހަދާ ދީފައިވެއެވެ.

ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އިން ކުރިއަށްގެންދިޔަ މި ކޭމްޕްގައި ނޮޅިވަރަންފަރު، ނޮޅިވަރަމް، އަދި ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކުގައި މަސައްކަތްކުރާ 70 އަށްވުރެ ގިނަ ސްޕެޝަލް އެޑިއުކެޝަން ނީޑްސް (ސެން) ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖުގެ ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާސް ރޫމުގައި ބޭނުން ކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަ ދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް، އެ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިއްމު މައުލޫމާތު އެ ވޯކްޝޮޕްގައި ކިޔައި ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355