twitterviber whatsapp telegramfacebookyoutube instagram
18th August 2026

ކުޅުދުއްފުށީ އަންހެނުން ކޮމެޓީން ފްރީޑައިވް ލެވެލް 1ގެ ކޯހެއް ހިންގަނީ

ނަބީލާ އިސްމާޢީލް
Nov 22, 2022
1

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފުރީ ޑައިވް މޯލްޑިވްސް ގުޅިގެން ކުޅުދުއްފުށީގައި ފްރީޑައިވް ލެވެލް 1ގެ ކޯހެއް ބާއްވަން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދިޖާ މޫސާ ވިދާޅުވީ މި ކޯހަކީ ބައިވެރިންގެ އަތުން އެއްވެސް އަގެއް ނުނަގާ ހިލޭ ހިންގާ ކޯހެއް ކަމަށެވެ. ނަމަވެސް ފްރީ ޑައިވްއަށް އެކަށީގެންވާ މާސްކް، ފިންސް ފަދަ އާލާތްތައް ހޯދަން ޖެހޭނީ ކޯހުގެ ބައިވެރިން އަމިއްލައަށް ކަމަށެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 26 ވަނަ ދުވަހުގެ 22:00 ގެ ކުރިން ސަބްމިޓް ކުރެއްވުމަށް އެ ކޮމެޓީން ވަނީ އެދިފަ އެވެ.

ކޯހުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ 10 އަންހެން ބައިވެރިންނާއި 5 ފިރިހެން ބައިވެރިންނަށް ކަމަށެވެ. ނަމަވެސް ޝަރުތު ހަމަވާ ގިނަ ބައިވެރިންތަކެއް ކޯހުގައި ބައިވެރިވާން ރަޖިސްޓްރީވެއްޖެނަމަ ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތުލުމަކުން ކަމަށް ހަދީއްޖާ ވިދާޅުވި އެވެ.

އަންނަ ޑިސެމްބަރު މަހު 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ 5 ދުވަހުގެ މި ކޯހުގައި ޕްރެކްޓިކަލްގެ އިތުރުން ތިއަރީ ސެޝަންތައް ކުރިއަށްގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355