twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެތުލެޓިކްސް މުބާރާތުގައި ވާދަކުރާ ޖަމާލުއްދީން ސްކޫލުގެ ޓީމު ކުޅުދުއްފުއްޓަށް އަތުވެއްޖެ

Jun 3, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ވާދަކުރުމަށް މާލޭގެ ޖަމާލުއްދީން ސްކޫލުގެ އެތުލެޓިކްސް ޓީމް މިއަދު ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް އަތުވެއްޖެއެވެ.

ޖަމާލުއްދީން ސްކޫލުގެ އެތުލެޓިކްސް ޓީމް ކުޅުދުއްފުއްޓަށް އައުމާއިއެކު  ކުޅުދުއްފުށީ ކައުންސިލަރު ޖަމްޝީދު މުހައްމަދާއި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދާއި ތައުލީމީ މަރުކަޒްގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދާއި ސްކޫލުތަކުގެ ވެރިންނާއި އެސްކޫލުތަކުގެ އެތުލީޓުންނާއި ގިނައަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ކިޔާފައެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ޖަމާލުއްދީން ސްކޫލުގެ ލީޑިންގ ޓީޗަރ އައިޝަތު ނަޝީދާ ވިދާޅުވީ ޖަމާލުއްދީން ސްކޫލުން އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި 15 ކުދިންގެ ޓީމެއް ބައިވެރިވާނެ ކަމަށާއި ޓީމުގައި އޮފިޝަލުން އަދި ބެލެނިވެރިންނާއެކު ޖުމްލަ 26  ބޭފުޅުން ބައިވެރިވާކަމަށެވެ.

“ކުޅުދުއްފުއްޓަށް އަޅުގަނޑުމެން އައުމުން  ބެހެއްޓެވި މެހެމާންދާރީ ފާހަގަ ކުރަން” ނަޝީދާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމަތު ދެއްވަމުން އެތުލެޓިކްސް އެސޯޝިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުއްތަގިމް ވިދާޅުވީ މިއަހަރުގެ އެޓޯލް އިންޓަރ ސްކޫލު އެތުލެޓިކްސް މުބާރާތުގައި ބައިވެރިވަނީ މާލޭން ޖަމާލުއްދީން ސްކޫލާއި، ކުޅުދުއްފުށިން ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގެ އިތުރުން ހދ. ނޮޅިވަރަމް ސްކޫލާއި ހއ. އިހަވަންދޫ ސްކޫލް އަދި ކެލާ މަދަރަސަތުލް ޝޭހް އިބްރާހިމްއެވެ.

ޖޫން 6 ން 9 ކަށް ކުޅުދުއްފުށީގައި ބާއްވާ މިމުބާރާތުގައި ޖުމްލަ 07 ސްކޫލުން 300 ކުދީން ބައިވެރިވެއެވެ. މިދިޔަ އަހަރު މިމުބާރާތް ބާއްވާފައިވަނީ ފުވައްމުލަކުގައެވެ. މިއީ ކުޅުދުއްފުށީގައި މިމުބާރާތް ބާއްވާ 7 ވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355