twitterviber whatsapp telegramfacebookyoutube instagram
29th September 2023

އަންނަ މަހު 50 ރުފިޔާގެ އާ ނޫޓެއް ބޭނުންކުރަން ފަށަނީ

ނަބީލާ އިސްމާޢީލް
Nov 24, 2022

ދިވެހި ރުފިޔާގެ ނިޝާނާއެކު ތައާރަފްކޮށްފައިވާ 50 ރުފިޔާގެ އާ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް އަންނަ މަހުން ފެށިގެން ބޭނުންކުރަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ކަމަށެވެ. ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ނޫޓުގައި ސޮއި ކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. ނޫޓުގައިވާ ތާރީހަކީ 8 ސެޕްޓެމްބަރު 2022، 12 ސަފަރު 1444 އެވެ.

އަލަށް ޗާޕުކޮށްގެން 50 ރުފިޔާގެ އާ ނޫޓެއް ނެރުނަސް މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓު ދައުރުވަމުން ދާނެ އެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ފައިސާގެ ނޫޓުތަކުގެ ބަދަލުގައި އާ ނޫޓުތަކެއް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.

މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، ރަންދިހަ ފަހެއްގެ ނޫޓުތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.

މި ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100 500 އަދި އޭރު އަލަށް ތައާރަފްކުރި 1000 ރުފިޔާގެ ނޫޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355