twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރިޗާލިސަންގެ ދެލަނޑާއެކު ބްރެޒިލުން ސާބިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި

މުޙައްމަދު އަހުމަދު
Nov 25, 2022

ފީފާ ވޯލްޑްކަޕް 2022 ގެ ގްރޫޕް ޖީގައި މިރޭ ފަސްފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ބްރެޒިލުން ސާބިއާ ބަލިކޮށް މޮޅަކުން މުބާރާތް ފަށައިފި އެވެ.

ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލާއި ސާބިއާ ރޭ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު 2 - 0 ން ކާމިޔާބުކުރީ ބްރެޒިލުންނެވެ. މިފަހަރުގެ މޮޅާއެކު ބްރެޒިލުން މިވަނީ އެޓީމު އެންމެފަހުން ކުޅުނު 20 ވޯލްޑްކަޕުގެ ފުރަތަމަ މެޗުން ވެސް މޮޅުވެފަ އެވެ.

އެންމެފަހުން ފުރަތަމަ މެޗުން ބްރެޒިލް ބަލިވެފައިވަނީ 1934 ވަނަ 3 - 1 ން ސްޕެއިން އަތުންނެވެ. ސާބިއާ ވަނީ އެޓީމު ވޯލްޑް ކަޕްގައި ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން ބަލިވެފަ އެވެ.

މިރޭ ކުޅެވުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފު ބްރެޒިލް ފަރާތުން އެންމެ އެދެވޭ ކުޅުން ނުފެނުނު ނަމަވެސް އެޓީމުން ވަނީ ދެވަނަ ހާފު ކުޅުން ރަނގަޅުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން 62 ވަނަ މިނެޓުގައި ރިޗާލިސަންގެ ލަނޑުން ބްރެޒިލް ލީޑު ނެގި އެވެ.

ބްރެޒިލް ދެވަނަ ލަނޑު އޭގެ އިރުކޮޅެއްފަހުން 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރިޗާލިސަން އެވެ. މިމެޗުގައި ރިޗާލިސަން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ބްރެޒިލް މޮޅުކޮށްދީފަ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 18 ވަނަ ގޯލެވެ.

ގްރޫޕް ޖީގެ އަނެއް މެޗުގައި މިއަދު ކެމަރޫނާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ނިމުނީ 1 - 0 ގެ ހަނިތަފާތަކުން ސްވިޒަލޭންޑް މޮޅުވެގެންނެވެ.

މިއަދު ކުރިއަށްހުރި މެޗުތަކަށް ބަލާލާއިރު ހަވީރު 3 ޖަހާއިރު ވޭލްސްއިން އިރާނާ ދެކޮޅަށް ނުކުންނައިރު އިރުއޮއްސި 6 ޖަހާއިރު ހޯސްޓް ގަތަރުން ނުކުންނާނީ ސެނެގާލާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355