twitterviber whatsapp telegramfacebookyoutube instagram
28th March 2024

ގިނަ ދުވަސްތަކަކަށްފަހު ކުޅުދުއްފުށީގައި ޕީޕީއެމްގެ ޖަލްސާއެއް ބާއްވައިފި

ނަބީލާ އިސްމާޢީލް
Nov 26, 2022
1

ގިނަ ދުވަސްތަކަކަށްފަހު ޕީޕީއެމްގެ ޖަލްސާއެއް ރޭގައި ކުޅުދުއްފުށީގައި ބާއްވައިފި އެވެ.

ރޭގަ ކުޅުދުއްފުށީގައި ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާފައިވާ ޖަލްސާއަކީ އެ ޕާޓީގެ ސްޓެއަރިން ކޮމެޓީން ނަގާފައިވާ ދެ ދާއިރާގެ މަގާމުތަކަށް ހޮވިފައިވާ ފަރާތްތަކުގެ މައުލޫމާތު އެ ޕާޓީގެ އާންމުމެންބަރުންނަށް ދިނުމަށް ބާއްވާފައިވާ ޖަލްސާއެކެވެ.

ޕީޕީއެމްއިން ވަނީ ކުޅުދުއްފުށިން ސްޓިއަރިން ކޮމިޓީއެއް ނަގާ ދެ ދާއިރާއަކަށް ބަހާލާ، ކޮންމެ ދާއިރާއަކަށް ރައީސް، ނައިބް ރައީސް، އަންހެނުންގެ ރައީސްގެ އިތުރުން ޒުވާނުންގެ ރައީސްއެއް ހޮވާފަ އެވެ.

މި ޖަލްސާގެ މައުލޫމާތު ކޭއޯއަށް ދެއްވަމުން ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު އަހުމަދު (ޖިހާދޭ) ވިދާޅުވީ މި ޖަލްސާގެ އަނެއް ބޭނުމަކީ ކުޅުދުއްފުށީގައި 2023 އަށް ޕީޕީއެމްގެ މަސައްކަތް ފެށިވާހަކަ ރައްޔިތުންނަށް ހިއްސާ ކުރުން ކަމަށެވެ.

ޖިހާދޭ އިތުރަށް ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުނުނަމަވެސް އެކަށީގެން ތަރައްގީއެއް ސަރުކާރުގެ ހުރިހާ އާރަކާބާރެއް އޮވެ ނާންނަކަމަށެވެ.

"އެމްޑީޕީއަށް ހުރިހާ ގޮޑިއެއް ލިބިފަ އޮތްއިރުވެސް، ފުލް މެޖޯރިޓީ ލިބިފަ އޮތްއިރުވެސް އަޅުގަނޑުމެންގެ ރަށަށް އެކަށީގެންވާ ތަރައްގީއެއް ނާންނަކަން އެއީ ކަންބޮޑުވާ ކަމެއް" ޖިހާދޭ ވިދާޅުވި އެވެ.

މަގުތަކުގެ މައްސަލަ އަކީ އެންމެ ބޮޑު އެއް މައްސަލަކަމަށާއި މަގުތަށް ހެދުން ސްލޯކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ބަނދަރުވެސް ރަށުގެ ރައްޔިތުންނަށް އޭގެން އެންމެ އެކަށީގެންވާ ފައިދާ ނުލިބި ގިނަދުވަސްވުމުން ކަންބޮޑުވާ ކަމަށެވެ.

"މި ސަރުކާރު ފެށުނީންސުރެން ދައްކަމުން އައި ވާހަކައެއް ކޮޗިން ފެރީގެ ވާހަކަ އަކީވެސް، އެ ފެރީންވެސް އެއްވެސް މަންފާއެއް ނުކުރި، ރޯހައުސްތައް ދިން އިރުވެސް، ރޯހައުސްތައް ނިންމިކަން އުފަލާއެކު ފާހަގަކުރަން ނަމަވެސް ކުޅުދުއްފުށީގައި އެތައް ހާސް ރައްޔިތުންނެއް ބޯހިޔާވަހިކަމަށް ބޭނުންވެފަ ތިބި އިރެއްގަ، ރަށުން ބޭރުބަޔަކަށް އެ ބޯހިޔާވަހިކަން ލިބުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް" ޖިހާދޭ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ރަށުގައި ބޯހިޔާވަހިކަމަށް ބޭނުންވެ އެތަށް ދުވަހެއްވީ ރައްޔިތުން ތިއްބާ 40 ޕަސެންޓް ރަށުން ބޭރަށް ދިނުމަކީ ސީދާ ދެކޮޅު ކަމެއް ކަމަށާއި އަދި ކައުންސިލް އިންތިހާބާ ދިމާކޮށް ކުނިކޮށީގެ ވާހަކަ ދައްކަމުން ދިޔަނަމަވެސް އަދިވެސް ސަރުކާރަށް ކުނީގެ މައްސަލައަށްވެސް ހައްލެއް ލިބޭވަރު ނުވާކަމަށެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް ދެކުނު ދާއިރާގެ މެމްބަރު އަދި ކައުންސިލް އިންތިހާބާ ދިމާކޮށް މޭޔަރު ދޭން ބުނި ގެވަޅުވެސް ދައުރު ނިމިގެން ދާއިރުވެސް ދެވޭތަންނުފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެއާޕޯޓްގެ މައްސަލަތަކާއި ރަށުގައި އަޅަން ބުނި ފުއް ފެކްޓަރީގެ އިތުރުން ކުޅުދުއްފުށީގައި އަޅަން ސަރުކާރުން ބުނެފައިވާ ސިންތެޓިކް ޓްރެކްގެ ވާހަކަވެސް އޭނާ ފާހަގަ ކުރިއެވެ.

"ރައްޔިތުންގެ ބުރަ މަސައްކަތުން މިސްކިތުގައި އެއާކޯން ހަރުކުރުމުން އެ އޭސީތައް ޖައްސާލުމުގުގެ ގާބިލިއްޔަތުންކަން ކުޅުދުއްފުށީ ކައުންސިލުގައި ނެތުން އެއީ ވަރަށް ހިތާމަކުރާ ކަމެއް" ޖިހާދޭ ވިދާޅުވި އެވެ.

6 ޕަސެންޓް ޖީއެސްޓީ ނަގައިގެން ކުޅުދުއްފުއްޓަށް މަންފާއެއް ނުކުރިއިރު 8 ޕަސެންޓަށް ބޮޑުކުރުމުން ރަށަށް ވާނީ ކޮށްފައިދާއެއްތޯ ސުވާލު އުފައްދަމުން އޭނާ ވިދާޅުވީ މިއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355