twitterviber whatsapp telegramfacebookyoutube instagram
21st September 2026

ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

Nov 27, 2022

ހދ ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ އަލީ އަހުމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ބަލަމުން އަންނަކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމަށް ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ބެލުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 84 ވަނަ ޖަލްސާގައި ކަމަށާއި މައްސަލަ ތަހުގީގުކުރުމަށް ތަހުގީގު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293