twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރެއް އައްޑޫގައި ގާއިމުކުރަނީ

ނަބީލާ އިސްމާޢީލް
Nov 28, 2022

އަައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރެއް ހަދަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ. މިއީ މާލެއިން އިން ބޭރުގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރެއް ގާއިމުކުރުމަށް ކުރާ ފުރަތަމަ މަސައްކަތެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިނޭންސްގެ އިއުލާނުގައިވާ ގޮތުން އެ މިނިސްޓްރީން ހުޅުވާލި އެ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހެއެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ އަށަކާ ހަމައަށެވެ. އަދި ރަޖިސްޓްރޭޝަނަށް 500ރުފިޔާގެ ފީއެއް ދައްކަން ޖެހޭ ކަމަށް އެ އިއުލާނުގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އައްޑޫގައި ހަދަން ނިންމާފައިވާ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރުގެ ބީލަމަށް ކުރިމަތިލާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 200،000ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. ރަޖިސްޓްރޭޝަނަށް 500 ރުފިގެ ފީއެއް ދައްކަންޖެހެ އެވެ.

އައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރު ހަދަން ނިންމާފައިވާއިރު، އެ ސިޓީގައި ފުލުހުންގެ ވަރަށް ގިނަ މަރުކަޒުތައް މިހާރުވެސް އެބަހުއްޓެވެ.

އެގޮތުން ގަން ޕޮލިސް ސްޓޭޝަނާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ހަދާ މި އަހަރު ހުޅުވި ޕޮލިސް އެކެޑަމީ ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355