twitterviber whatsapp telegramfacebookyoutube instagram
24th April 2024

ވިލާ ކޮލެޖުގައި ޖެނުއަރީމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

Nov 30, 2022

ވިލާ ކޮލެޖުގެ 2023 ވަނަ އަހަރު ޖަނުވަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓްގެ ދާއިރާއިން ޖުމްލަ 139 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ވިލާ ކޮލެޖުން ބުނީ، ޖެނުވަރީ އިންޓޭކުގައި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނޭ ކަމަށެވެ.

ޖަނަވަރީ 2023 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނެ އެވެ.

އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 16 ޑިސެމްބަރު 2022 ވާ އަންގާރަ ދުވަހެވެ. ކޯސްތަކުގެ ކިޔެވުން، ޖަނުވަރީ 2 ވަނަ ހަފްތާ ތެރޭގައި ފެށޭނެއެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ ގޮތް ވަނީ އިންތިޒާމް ކުރެވިފައެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެއެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355