twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާއްވާ މެޑިކަލް ކޭމްޕް ކުޅުދުއްފުށީގައި ފަށައިފި

އަބްދުލް ވާހިދު ޙަސަން
Dec 2, 2022

ދިރާގުގެ އެހީތެރިކަމާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރީޖަނަލް ހޮސްޕިޓަލް އަދި މޯލްޑިވްސް އެސޯސިއޭޝަންސް ޕާސަންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދާ މެޑިކަލް ކޭމްޕް ފަށައިފި އެވެ. މި ކޭމްޕް ފައްޓަވައިދެއްވީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.

އުފަންހިޔާގައި ކުރިއަށްދާ މި މެޑިކަލް ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވަނީ މި ކޭމްޕްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. މި ކޭމްޕްގެ ސަބަބުން ކުޅުދުއްފުއްޓާ ކައިރި ސަރަހައްދުގެ ރަށްތަކުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަވެގެންދާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މި ކޭމްޕްގައި ކުޅުދުއްފުށީގެ 90 ފަރާތްތަކާއި ސަރަހައްދުގެ ރަށްތަކުން ނުކުޅެދުންތެރިކަން ހުންނަ 45 ފަރާތެއް ބައިވެރިވެ އެވެ. މޭޔަރު ވިދާޅުވީ، މިފަދަ ކޭމްޕްތައް ކުރިއަށް އޮތްތަނުގައިވެސް އިދާރާތަކާ ގުޅިގެން މި ސިޓީގައި ކުރިއަށްގެންދާނެ ކަމަށެވެ.

މިއީ އައިޑީޕީޑީ ހެލްތު އެންޑް ވެލްނެސް ކޭމްޕެއް ކަމަށާއި މި ކޭމްޕްގައި ރާއްޖޭން ބޭރުން ފަންނީ ބޭފުޅުންނާއި ޑޮކްޓަރުންގެ ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ކޭމްޕު ކުރިއަށްދަނީ ދިރާގުގެ ބޮޑު އެހީތެރިކަމާއެކު އެވެ.

މި ކޭމްޕްގައި ހިލޭ ކޮންސަލްޓްކުރެވި،ޑައިގުނޯސްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. އަދި އެކިއެކި މައްސަލަތައް ދިމާވެފަ ހުރި ފަރާތްތަކަށް އެކަމުގެ ހައްލު ނުވަތަ ފަރުވާ ހޯދުމަށް މި ކޭމްޕުގެ ސަބަބުން މަގުފަހިވެގެންދާނެ އެވެ.

މި ކޭމްޕް އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޭމްޕް ކުރިއަށްދާނީ އުފަން ހިޔާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355