twitterviber whatsapp telegramfacebookyoutube instagram
24th April 2024

އީޑީޕީގެ މައުލޫމާތު ދިނުމަށް އެފްޖޭއެސް އިން އުތުރުގެ 5 ރަށަކަށް

ނަބީލާ އިސްމާޢީލް
Dec 7, 2022

އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް (އީޑީޕީ)ގެ މައުލޫމާތު ދިނުމަށް އީޑީޕީގެ މައުލޫމާތު ދިނުމަށް އެފްޖޭއެސް އިން އުތުރުގެ 5 ރަށަކަށް އިން އުތުރުގެ 5 ރަށަކަށް ޒިޔާރަތް ކުރަމުން އެބަ ދެއެވެ.

ޔޫއެސްއެއިޑްގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އިގްތިސޯދު މޫސުމީ ބަދަލުތަކަށް ވިލުންވެރިކޮށް ބިނާކުރާނެ އީޖާދީ ހައްލުތަކާއެކު ވިޔަފާރިތައް ހަލުވިކަމާއެކު ކުރިއަރުވާ ފުޅާކުރުމަށް އެހީތެރިވެދޭ މި ޕްރޮގުރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުތުރުގެ ހއ އަތޮޅު ހޯރަފުށީ، އިހަވަންދޫ، ދިއްދޫގެ އިތުރުން ހދ އަތޮޅުގެ ހަނިމާދޫ އަދި ކުޅުދުއްފުށީގަ އެވެ.

މި ރަށްތަކުގައި ވިޔަފާރިކުރާ އަދި ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާ އެފްޖޭއެސްގެ ޓީމުން ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގުރާމުގެ ތެރެއިން ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާތައް މޫސުމީ ބަދަލުތަކަށް ވިލުންވެރިކުރުމަށް އެހީތެރިވެދޭނެ އީޖާދީ ހައްލުތައް ތަރައްގީކުރުމަށް މަގުފަހިވުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް ވިލުންވެރި ވިޔަފާރިތައް ތަރައްގީކުރަން މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެ ވިޔަފާރިތައް ބޭނުންވާ އެހީތެރިކަން މި ޕްރޮގުރާމު ތެރެއިން ހިންގާ 9 މަސް ދުވަހުގެ މެންޓާޝިޕް އަދި އެޑްވައިސަރީ ޕްރޮގުރާމުން ފޯރުކޮށްދޭނެ އެވެ.

މިޕްރޮގުރާމުގައި ބައިވެރިވާނެ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް ހުޅުވާލައިގެނެވެ.

މީގެ އިތުރުން އަންހެނުންނާއި ޒުވާނުން މިދާއިރާއަށް ޝައުގުވެރިކަން އިތުރުކޮށް އަދި ފަންނީ ގާބިލުކަން އިތުރުކުރުމަށް މިޕްރޮގުރާމުން ހާއްސަ އަހަމިއްޔަތުކަން ދޭއިރު ވިޔަފާރި ކުރިއަރުވާ ފުޅާކުރުމުގެ ލަފާދިނުމާއި ވިޔަފާރި ފަންނުގެ މީހުން ބިނާކުރުމަކީ އެފްޖޭއެސްގެ މައިގަނޑު ފަންނީ ތަޖުރިބާގައި ހިމެނޭ ކަމެކެވެ.

އަދި ވިޔަފާރި ދެމެހެއްޓެނިވި އުސޫލަކުން ހިންގުމަށް ބާރުއަޅާ މިކަން ކުރާނެ ގޮތުގެ އިރުޝާދުދިނުމަކީ އެފްޖޭއެސްގެ މައިގަނޑު މަގުސަދުކަމުގައި އެ ފަރާތުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355