ސްޓޭންޑްތަކުގައި ނަށާ ފޭނުންނާއެކު ފޮޓޯ ނަގާ ވޯލްޑްކަޕުގެ ފޯރި އިތުރަށް ގަދަކުރުމަށް އޮފިޝަލް ގޭމް ހޯސްޓް ޑާންސިން ވޭން ހުރީ މިވަގުތު ގަތަރުގަ އެވެ.
ކެނެޑާގެ ޑާންސިން ވޭންގެ މަގުސަދަކީ އަދި އޭނާގެ މަސައްކަތަކީ ފޭނުންގެ މެދުގައި އުފާވެރިކަން ގެނެސްދިނުމެވެ. ސީޓުތަކުގެ ތެރޭ ނަށާއި ފޭނުންނާއެކު ފޮޓޯ ނަގާ އުފާވެރި ވަގުތުތައް ހިއްސާކުރަމުން އަންނަ ވޭން އަކީ މިފަހަރުގެ ވޯލްޑް ކަޕުގެ އޮފިޝަލް ހޯސްޓެވެ.
ފުޓްބޯޅައިގެ ގަދަބާރުތައް ދުނިޔޭގެ ތައްޓަށް ވާދަކުރަމުން އަންނަ ފޯރިގަދަ މުބާރާތުގައި ވޭންގެ ދައުރަކީ ސްޓޭންޑްތަކުގައި ހުރެ އޭނާގެ ވަށައިގެންވީ ހުރިހާ އެންމެންގެ ތެރޭ އުފަލާއި ހިތްހަމަޖެހުން ފަތުރައިދީ މާހައުލު ފޯރިގަދަކޮށްލުމެވެ.
ވޭން ބުނި ގޮތުގައި މިކަމަކީ ފަހުން ވެސް ހަނދާން ހުންނަ ރައްކާކޮށްލެވޭ ކަހަލަ ހަނދާން ތަކެއް ގިނަ ބަޔަކާއެކު އުފައްދުމެވެ.
"އެއީ އަހަރެމެން ބޭނުންވާ ގޮތަކީ. ފުޓްބޯޅަ ބަލައިގެން އެކަނި އުފާކޮށްލުމުގެ އިތުރުން އޯވަރޯލް އިހްސާސްތައް އާޝޯހުވާހާ އުފާވެރި. އެތަނަށް އަހަރެންނަށް ދެވުނީއްސުރެ ނިމެންދެން ވެސް ވަރަށް ފޯރިގަދަ" ވޭން ބުންޏެވެ.
ގަތަރުގައި ކޮންމެ ދުވަހެއް ވެސް ވޭންއަށް ފެށެނީ އެއް ގޮތަކަށެވެ. އޮޝާވާގައި ހުންނަ މޮންސިގްނޯ ޖޯން ޕެރޭމާ ހައި ސްކޫލުން ޓެލެންޓް ޝޯތައް ފެށި ވޭންގެ ޓިކްޓޮކްގައި ވެސް މިހާރު 7 ލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބެ އެވެ.
ކޮންމެ ދުވަހަކު ވެސް އެދުވަހަކު ދާނެ މެޗެއް ކަނޑައަޅާ މީހުންތަކުގެ ތެރޭގައި ފާހަގަވާނެ ކަހަލަ ނަމަވެސް އެއްވެސް ޓީމަކާ އެއްގޮތް ނުވާނެ ކަހަލަ ކުލައެއްގެ ހެދުމެއް އަޅައިގެން ވޭން ކޮންމެ ދުވަހަކު ވެސް ސްޓޭޑިއަމަށް ދެ އެވެ.
މެޗުތަކުގެ ތެރޭގައި ވޭންގެ ރޯލު ވަރަށް ވެސް ފަސޭހަ އެވެ. އެންމެން އުފާކޮށްދީ އެމީހުން އެހޭދަ ކުރަނީ އެމީހުންގެ ދިރިއުޅުމުގެ އެންމެ ފޯރިގަދަ އުފާވެރި ހަނދާނުން ފޮހެނުލެވޭނެކަހަލަ ކަންތައްތަކެއް ކަން ޔަގީން ކޮށްދިނުމަކީ ވޭން ކުރާ މަސައްކަތެވެ. އެގޮތުން ކުޑަކުދިންނާ އެކު "ޑިޑް ޔޫ ނޯ؟" ފަދަ ގޭމްތައް ކުޅެ ފޭނުންނާއެކު ސްޓޭންޑްތަކުގައި އަދި ދަނޑުގައި ކުޅުންތެރިންނާއެކު ފޯރިގަދަ އިންޓަވިއުތައް ބާއްވާ އެންމެންނާއެކު ފޯރިގަދަކުރުމަށް ލަވަ ކިޔުން ފަދަ ކަންކަން ވޭން ކުރެ އެވެ.
"ޓީމުތަކަކީ ކޮބާ ކަމާއި ކިޔޭނެ އެއްޗެއްސާއި ޓީމުތައް އޮތް ފަޅިއާއި ކުޑަކުދިންނާއެކު ކުޅެވިދާނެ ގޭމްތައް އަދި ސްޓޭޑިއަމްގެ ހިޓްތައް" ވޭން ބުންޏެވެ.
އަބަދުވެސް ބަލަނީ އެންމެންނަށް ކަމުދަނީ ކޯޗެއްކަމާއި މީހުން ފިޓްވާ ކަންތައްތަކާއި އަދި އަބަދުވެސް ހަރަކާތްކޮށްލަ ކޮށްލަ ހުރުން ކަމާއި މައިކް ޗެކްކުރުމާއި ޝޯ ފެށެނީ ރިހާސަލް ޗެކްތަކަށް ވެސް ފަހު ކަމަށް ވޭން ބުންޏެވެ.
ވޭން އަކީ ހަމަގައިމުވެސް މިފަހަރުގެ ވޯލްޑްކަޕުގެ ފޯރި ހިއްޕާލުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ފަރާތެވެ. އަދި ފޭނުންގެ ފަރާތުން އޭނާއަށް ބޮޑު ތަރުހީބަކާ ލޯތްބެއް ލިބެ އެވެ.