twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގުން ފައިބާ އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފުކޮށްފި

Dec 10, 2022

ކަސްޓަމަރުންނަށް ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން ފައިބާ އަންލިމިޓެޑް ހޯމް އިންޓަނެޓް ޕެކޭޖަތަކެއް ތައާރަފުކޮށްފި އެވެ.

އެގޮތުން އެއީ ފައިބަރ 50އެމް އަންލިމިޓެޑް 1490 ރުފިޔާގެ ޕެކޭޖަކާއި އަދި ފައިބަރ 100އެމް އަންލިމިޓެޑް ޕެކޭޖް 2800 ރުފިޔާގެ ޕެކޭޖެކެވެ.

މި ޕެކޭޖްތައް ތަޢާރަފް ކޮށްދެެއްވަމުން ދިރާގުގެ މެނޭޖަރު ކޮންސިއުމަރ ޕޯސްޓްޕެއިޑް އެފްބީބީ، ޖަނާ އިބްރާހީމް ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތަކަށް ޕްރޮޑަކްޓްތައް ފަރުމާކޮށް އެ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ މުއްސަނދި ކުރުމަށް ދިރާގުން މަސައްކަތް ކުރާ ކަމަށެވެ.

އަދި މި ޕެކޭޖްތަކުގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށް ޑިޖިޓަލް ބޭނުންތަކަށް އެންމެ ހަލުވި ސްޕީޑްގަިއ އަންލިމިޓެޑް ހޯމް އިންޓަނެޓް ތަޖުރިބާކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްކޭޖްތަކަށް އެޕްލައި ކުރާ ކަސްޓަމަރުންނަސް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ހާއްސަ ރައުޓަރ ނުވަތަ އޯއެންޓީވެސް މި މަހުގެ ނިޔަލަށް ހިލޭ ލިބޭނެއެވެ.

މި ޕެކޭޖްތަކަށް އަލަށް އެޕްލައިކުރަން ބޭނުންވާ ފަރާތްތަކަށް ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެޕްލައިކޮށްލެވޭނެއެވެ.

ދިރާގުގެ ފައިބާ ބްރޯންޑްބޭންޑުގެ ހިދުމަތްތަކަކީ ރާއްޖޭގައި މިވަގުތު ފޯރުކޮށްދޭ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 102 ރަށެއް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355