twitterviber whatsapp telegramfacebookyoutube instagram
4th May 2024

މަސްވެރިންނަށް "މޯސާ" އެޕްލިކޭޝަން ތައާރަފްކޮށްފި

Dec 12, 2022

ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާ "މަސްވެރިކަމުގެ އެކްސްޕޯ 2022" ގދ. ފަރެސްމާތޮޑާގައި ބާއްވައިފިއެވެ. މި އެކްސްޕޯ ބާއްވާފައިވަނީ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ފަރެސްމާތޮޑާ ބަނދަރު ސަރަހައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އިއްޔެ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވައި ސްޓޯލްތައް ބައްލަވާލައްވައި، މަސްވެރިކަމުގެ ދާއިރާގެ އައު އުފެއްދުންތަކާއި ގުޅޭ މައުލޫމާތު ހޯއްދަވާފައެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ މި އެކްސްޕޯގައި، މިފްކޯ އާއި ހޮރައިޒަން ފިޝަރީޒުން ވަނީ އައު އުފެއްދުންތަކެއް ބާޒާރަށް ނެރެފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިންތިޒާމްކޮށްގެން ބޭއްވި މި އެކްސްޕޯގައި ޖުމްލަ 8 ސްޓޯލް ހުރި އިރު، އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި، އެމްޓީސީސީ، މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް، ސީގަލް ގުރޫޕް، ޕްރެޝާޓެކް މޯލްޑިވްސް، ބިގްފިޝް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، ނޫރާއްޖެ އަދި ފަރެސްމާތޮޑާ ކައުންސިލް ހިމެނެއެވެ.

މި އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ފަރެސްމާތޮޑާގައި ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ބޭއްވި، މަސްކެނޑުމުގެ މުބާރާތް ޝަރަފްވެރިކޮށްދެއްވާފައެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސްކެނޑުމުގެ މުބާރާތުގައި 08 އަންހެން ބޭފުޅުންނާއި 04 ފިރިހެން ބޭފުޅުން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އޮތީ ރޭ، ގދ. ފަރެސްމާތޮޑާގެ ބަނދަރު ސަރަހައްދުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355