twitterviber whatsapp telegramfacebookyoutube instagram
23rd March 2023

ޖަލާލުއްދީން ސްކޫލް ޓްރޭޑް ފެއާ މާދަމާ ފަށަނީ

ނަބީލާ އިސްމާޢީލް
Dec 14, 2022
1

ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ކުރިއަށްގެންދާ ޓްރޭޑް ފެއާ 10 ސްޓޯލާއެކު މާދަމާ ފަށާނެ އެވެ. މިއީ 2015 ވަނަ އަހަރުން ފެށިގެން ކުޅުދުއްފުށީގައި ބާއްވަމުން އަންނަ އެންމެ ބޮޑު ވިޔަފާރި ފެއަރ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ޖަލާލުއްދީން ސްކޫލް ޕްރިންސިޕަލް އާމިނަތު މުހައްމަދު ވިދާޅުވީ އެހެން އަހަރުތަކާ ބަލާފައި ބައިވެރިވި ފަރާތްތައް މަދުވި ނަމަވެސް ޖުމްލަ 10 ސްޓޯލްގެ އިތުރުން ކެންޓީނާއި ބިރުވެރި ހޮހޮޅަ ހިމެނޭނެ ކަމަށެވެ.

މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނަ މި ފެއާގައި ބައިވެރިވެފައިވަނީ އައިބީއެމް ޝޮޕް، ކޮކާ ފިޔަ، ބަނޑަހަ، ރިއަލް އޭޖް، ގޯލްޑްވޭ، ކޫލް ޓެމްޕް، ބައުންޓީ، ޓޫޒީރޯގެ އިތުރުން ވާއުފާ އަދި ޕެންޓަގުރާމެވެ.

މި ފެއަރ ހުޅުވިފައި ހުންނާނީ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:30 ށެވެ.

ޖަލާލުއްދީން ސްކޫލް ޕީޓީއޭއިން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ވިޔަފާރިވެރިންގެ މިފެއަރ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެއަރ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355