twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖެނުއަރީން ފެށިގެން ކޭއާރުއެޗުން އެޕޮއިޓްމެންޓް ހައްދާ އުސޫލު ބަދަލުކުރަނީ

ނަބީލާ އިސްމާޢީލް
Dec 22, 2022
3

ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އުސޫލަށް ބަދަލުގެންނަން ނިންމާފައިވާކަމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފި އެވެ.

މިކަން ހާމަކޮށް ކޭއާރުއެޗުން ކުރި އިއުލާނެއްގައި ބުނީ ހާއްސަ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް ދެ ހަފްތާކުރިން އެޕޮއިންޓްމެންޓް ހެއްދޭގޮތަށް މިހާރު އަމަލުކުރަމުންދާ އުސޫލު ބަދަލުކޮށް، ކުރިއަށް އޮންނަ ތިން ދުވަހަށް އެޕޮއިންޓްމެންޓް ހެއްދޭ ގޮތަށް ބަދަލު ގެނަން ނިންމާފައިވާ ކަމަށާއި މިގޮތުން ކޮންމެ ދުވަހަކު ވެސް އެއް ދުވަހަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ކޭއާރުއެޗުން ބުނީ މި ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ މިހާރު އެޕޮއިންޓްމަންޓް ހައްދާ ބޭފުޅުންގެ 50 އިންސައްތައަށް ވުރެ ގިނަ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް ނާންނާތީ، އެޕޮއިންޓްމަންޓް މުހިންމުވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުމަށް ކަމަށެވެ.

ހާއްސަ ބަލިތަކުގެ އެޕޮއިންޓްމަންޓް ހެއްދުމުގައި މިހާރު އަމަލު ކުރެވެމުންދާ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީހަކީ މި މަހުގެ 31 ވަނަ ދުވަހެވެ.

ކޭއާރުއެޗަކީ އުތުރުގެ އެތައް ރައްޔިތުންނެއް ސިއްހީ ފަރުވާ ހޯދުމަށް ކޮންމެ ދުވަހަކުވެސް އަންނަ ހޮސްޕިޓަލެކެވެ. އެހެންކަމުން ޑޮކްޓަރަށް ފައްސޭހައިން ދެއްކޭނެ ނިޒާމެއް ފަހިވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355