twitterviber whatsapp telegramfacebookyoutube instagram
1st November 2026

އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާއަށް ރައީސް ކޮޅުފުއްޓަށް

ނަބީލާ އިސްމާޢީލް
Dec 26, 2022

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ކޮޅުފުށީގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވަޑައިގެންވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު އެރަށަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ މިދަތުރުފުޅުގައި ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފްތިތާހުކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުންވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކޮޅުފުށީ ކައުންސިލާ، އތމ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާނެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކޮޅުފުށްޓަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު މާލެ ވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293