twitterviber whatsapp telegramfacebookyoutube instagram
20th September 2026

ވިއްސާރަވުމުގެ ސަބަބުން ޕީޕީއެމް އެއްވުން ފަސްކޮށްފި

Dec 26, 2022

ވިއްސާރަވުމުގެ ސަބަބުން މިރޭ ޕީޕީއެމުން ކުޅުދުއްފުށީގައި ބާއްވަން އުޅުނު އިހްތިޖާޖު ފަސްކޮށްފި އެވެ. މި އެއްވުމަކީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އަޑުއުފުލުމަށް ބާއްވަން އުޅުނު އެއްވުމެކެވެ.

މިރޭ 8:30 ގައި ޕީޕީއެމް ހޮޅުއަށި ސަރަހައްދުގައި ބާއްވަން އުޅުނު އެއްވުން ފަސްކޮށްފައިވަނީ މޫސުމް ގޯސްވެ ވިއްސާރަވެހެމުންދާތީ އެވެ. ޕީޕީއެމް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، މިރޭ ބާއްވަން އުޅުނު އިހްތިޖާޖުގެ ފަހުގެ ތާރީހެއްގައި ބާއްވާނެ ކަމަށެވެ. އަދި ބާއްވާނެ ތާރީހު ފަހުން އަންގާނެކަމަށެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަަހަރަށް ޖަލަށް ލާން ހުކުމް ކުރީ އިއްޔެ އެވެ. ހުކުމަކީ ސަރުކާރުން ނުފޫޒު ފޯރުކޮށްގެން އިއްވި ހުކުމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރޭ ވަނީ މާލޭގައި މުޒާހަރާވެސް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293