twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޔާމީން މިނިވަން ކުރަން ގޮވާލައި ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ

Dec 28, 2022

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މުޅި ރާއްޖޭގައި ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީނަށް އިއްވި "ހަރާމް ހުކުމާ"ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެހެންކަމުން ޔާމީން ސަލާމަތް ކުރުމަށް ގޮވާލާ ބާއްވާ މިމުޒާހަރާގައި ގައުމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. މިމުޒާހަރާގައި ޔާމީނުގެ ސަޕޯޓަރުންނާއި އިދިކޮޅު ކޯލިޝަނުގެ މެންބަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00އިން ފެށިގެން 18:00އަށެވެ. މާލޭގައި މުޒާހަރާ ފަށާ ސަރަހައްދެއް ފަހުން އިއުލާން ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާ ކުރި ކަން ސާބިތުވެ މިދިޔަ އާދިއްދަ ދުވަހު، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ވަނީ އިއްވާފައެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވީ ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެކަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި ބައްދަލުކުރަން ޖެހޭ ސަރުކާރުގެ އިދާރާތަކާވެސް ބައްދަލުކުރާނެ ކަމަށް އިދިކޮޅުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355