twitterviber whatsapp telegramfacebookyoutube instagram
17th April 2024

ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެން، މިފަހަރުވެސް އުޅުއްވަނީ ފައިމަގުގައި

އަބްދުލް ވާހިދު ޙަސަން
Dec 30, 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި އެވެ. އެމަނިކުފާނު މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މޭޔަރު މުހައްމަދު އާތިފެވެ.

އަދި އެ މަނިކުފާނުގެ އިސްތިގުބާލުގައި ކައުންސިލް މެމްބަރު ރިލްވާން މުހައްމަދާއި އެމަނިކުފާނަށް ތާއިދުކުރައްވާ ގިނަ ބަޔަކު ބަނދަރުގައި ތިއްބެވެ.

ނަޝީދުގެ މިދަތުރުފުޅަކީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެެކެވެ. ނަޝީދު ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަންވެސް ހާމަކުރައްވާފަ އެވެ.

ބަނދަރު ސަރަހައްދުން ފެށިގެން އެމަނިކުފާނު ހުންނަވާ ސްޓޭޓް ހައުސްއަށް ވަޑައިގެންނެވީ ފައިމަގުގައި ހިންގަވާފަ އެވެ. އާންމުކޮށް އެމަނިކުފާނުގެ އެހެން ދަތުރުފުޅުތަކުގައިވެސް ކުޅުދުއްފުއްޓަށް ވަޑައިގެން ގިނައިން އުޅުއްވަނީ ހިންގަވާފަ އެވެ.

އެމަނިކުފާނާއެކު ފައިމަގުގައި ސްޓޭޓް ހައުސްއާ ހަމައަށް ކައުންސިލަރު ރިލްވާން ވަޑައިގެންނެވި އެވެ. އެކަމަކު މޭޔަރު އާތިފް ފެނިވަޑައިގެންނެވީ ހަމައެކަނި ބަނދަރުންނެވެ. ނަޝީދާއެކު ސްޓޭޓް ހައުސްއަށް ވަޑައެއް ނުގަނެ އެވެ.

އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ ރަށްމަތިފަންނަށެވެ. އެތަނުގައި ތިބި އާންމުންގެ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވި އެވެ. އެއަށްފަހު ވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ބަންޑާރަހިޔާ ސަރަހައްދަށެވެ.

އެ ސަރަހައްދު ބައްލަވާލެއްވުމަށްފަހު މާލިހާމަގު، އަމީނީމަގަށް ވަޑައިގެންނެވީ ސްޓޭޓް ހައުސްއަށެވެ. އެހެން ވަޑައިގަންނަވާއިރު މަގުމަތިން ދިމާވާ އާންމުންނާ ސަލާމް ގޮވާލާއި ބައްދަލުކުރައްވަ އެވެ. މިދަތުރުފުޅުގައި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް ބައިވެރިވަޑައިގަންނަވަ އެވެ.

ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ 8:45 ގައި ބަންދާރަ މައިދާނުގައި އޮންނާނެ އެވެ.

އެމަނިކުފާނާއެކު ފައިމަގުގައި ސްޓޭޓް ހައުސްއާ ހަމައަށް ކައުންސިލަރު ރިލްވާން ވަޑައިގެންނެވި އެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ ރަށްމަތިފަންނަށެވެ. އެތަނުގައި ތިބި އާންމުންގެ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވި އެވެ. އެއަށްފަހު ވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ބަންޑާރަހިޔާ ސަރަހައްދަށެވެ.

އެ ސަރަހައްދު ބައްލަވާލެއްވުމަށްފަހު މާލިހާމަގު، އަމީނީމަގަށް ވަޑައިގެންނެވީ ސްޓޭޓް ހައުސްއަށެވެ. އެހެން ވަޑައިގަންނަވާއިރު މަގުމަތިން ދިމާވާ އާންމުންނާ ސަލާމް ގޮވާލާއި ބައްދަލުކުރައްވަ އެވެ. މިދަތުރުފުޅުގައި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް ބައިވެރިވަޑައިގަންނަވަ އެވެ.

ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ 8:45 ގައި ބަންދާރަ މައިދާނުގައި އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355