twitterviber whatsapp telegramfacebookyoutube instagram
26th July 2026

ނަޝީދުގެ ކެމްޕެއިން އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Dec 31, 2022
3

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ. މިއަދު ހެނދުނު މި އޮފީސް ހުޅުވައިދެއްވީ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު ކުޅުދުއްފުއްޓަށް ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައި ވަޑައިގަތީ، އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށެވެ. އެ ޕްރައިމަރީގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ނަޝީދު ކެމްޕެއިން އޮފީސް ހުޅުވުމުގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ އެމްޑީޕީގެ ހޮޅުއަށި ސަރަހައްދުގައި ބޮޑު ދިދައެއްވެސް ނަންގަވާދެއްވާފަ އެވެ.

ގޭބިސީތަކަށް ދޮރުން ދޮރަށް ހިންގަވާ އާންމު ސަރަހައްދުތަކަށް ވަޑައިގެން އެތަންތަނުގެ ހާލަތުވެސް ނަޝީދު ބައްލަވާލެއްވި އެވެ. ކުޅުދުއްފުށިން ނަޝީދު ފުރާވަޑައިގެންނެވީ މިއަދު މެންދުރު އެވެ. އެމަނިކުފާނު މިހާރު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ށ އަތޮޅުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355