twitterviber whatsapp telegramfacebookyoutube instagram
5th May 2024

މާލޭ ނީލަން ފިހާރާގައި ރޯވެ އަނދަނީ

ނަބީލާ އިސްމާޢީލް
Jan 9, 2023

މާލޭ ނީލަން ފިހާރާގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ނީލަން ފިހާރަ ހުންނަ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިން ކުރަމުންއަންނައިރު ބާރުގަދަ ގޮވުންތަކުގެ އަޑުވެސް އިވޭކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެއެވެ.

ނީލަން ފިހާރައިގެ ތިން ބްލޮކެއްގައި މިހާދިސާގައިވަނީ ރޯވެފައެވެ. އެމްއެންދީއެފްއިން އެންމެފަހުން ހާމަކުރެއްވި ގޮތުގައި ނީލަން ފިހާރައިގެ އުތުރު ފަޅިން އިމާދުއްދިން ސްކޫލާ ދިމާއިން ފެތުރެމުންދިޔަ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.

އަލިފާން ރޯވި ތިން ބްލޮކްގައި ތިބީ މުޅިންވެސް ބިދޭސީން ކަމަށާއި، އެއީ މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ކަމަށާއި، މިހުރިހާ އެންމެންވެސް އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިންވަނީ ހާމަކުރައްވާފައެވެ.

މިއަލިފާން ނިއްވުމުގައި 100 އެއްހާ ފަޔަރަ ފައިޓަރުން ހަރަކާތްތެރިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަލިފާން ނިއްވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސްދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިއަލިފާން އަވަހަށް ފެތުރިފައިވަނީ އެތަނުގައި ހުރީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނަށް ވުމުންކަމަށާއި އަލިފާން ކޮންޓްރޯލް ކުރުމުގައިވެސް މިއީ ދިމާވީ ދަތިކަމެއް ކަމަށް އެމްއެންޑީއެފްއިންވަނީ ހާމަކުރައްވާފައެވެ. އަދި އެސަރަހައްދުގައި ވެހިކަލްތަކާއި މަގުތަކުގައި ޕާކިން ހުރި ގޮތުންވެސް އަލިފާން ނިއްވުމުގައި ގޮންޖެހުންތައް ކުރިމަތިވި ކަމަށްވަނީ ހާމަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355