twitterviber whatsapp telegramfacebookyoutube instagram
24th April 2025

ނާޒިމް ސައްތާރު މިނިވަންވެއްޖެ

Jan 9, 2023

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގާ ގޭބަންދު ކުރި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ހުކުމް ތަންފީޒުކޮށް ނިމުމުން މިއަދު މިނިވަންވެއްޖެ އެވެ.

ދައުލަތުން ނާޒިމުގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން ނާޒިމުގެ މައްޗަށް ސާބިތުވާ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ކްރިމިނަލް ކޯޓުން ނާޒިމަށް ލުއި އަދަބެއް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ކުށަށް އިއުތިރާފްވެ ތައުބާވެފައިވާތީ އެވެ. އެގޮތުން އިއްވީ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ޖަލު ހުކުމު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުމާ ގުޅިގެން ކޯޓުން ނިންމީ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށެވެ.

ނާޒިމަށް ހުކުމްކުރުމުގެ ކުރިން އޭނާ ނެރުނު ބަޔާނެއްގައި ވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެ، އެ ކުށަށް ތައުބާވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ ފަރާތުން މައާފްކޮށްދިނުމަށްވެސް އެދިފަ އެވެ.

މި މައްސަލައިގައި އެމްޑީ އަލަމްގީރަށް ދައުލަތުން ކުރި 40 ދައުވާ ގުޅިގެން އޭނާ ދެ އަހަރާއި އަށް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355