ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކޮށްދެއްވާނެކަމަށް ވިދާޅުވެ ފަތުރާލީ "ބޯކިބަލެއް" ކަމަށް ވިދާޅުވެ ޕީޕީއެމް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު އަހުމަދު (ޖިހާދޭ) ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި ރޭ ކުޅުދުއްފުށީގައި ބޭއްވި އިހްތިޖާޖުގައި ވާހަކަދައްކަވަމުން ޖިހާދޭ ވިދާޅުވީ، ރައީސް ސޯލިހް ކުޅުދުއްފުށީގައި އަޅައިދޭނެކަމަށް ވައުދުވި ޓާޝަރީ ހޮސްޕިޓަލެއް ނުފެނުނު ކަމަށެވެ.
"މި ސަރުކާރު އައި ފަހުން ކުޅުދުއްފުށީގެ ތަރައްގީއަށް ކޮށްދެވުނު ހަމަ އެއްކަމެއްވެސް ނެތް. ހަމަ އެއްކަމެއްވެސް ނެތް. އަޅުގަނޑު ދަންނަވާނީ ހަމަ ޒީރޯއޭ. ޓާޝަރީ ހޮސްޕިޓާ ވާހަކަދައްކާފަ ކޯށްޗެއްތޯ އެ ހެއްދެވީ. ބޯކިބަލެއް ނޫން ތޯ އެ ފަތުރާލީ. އަޅުގަނޑުމެން ބޭނުންވަނީ އުސް އިމާރާތެކޭ." ޖިހާދޭ ވިދާޅުވި އެވެ.
ޖިހާދޭ އެ އިޝާރާތްކުރެއްވީ ދާދި ފަހުން ބިމުގެ ޖާގަ ގެއްލޭގޮތަށް ހޮސްޕިޓަލުގައި އެއްބުރި ހެދި އޯޕީޑީ އިމާރާތަށެވެ. ޓާޝަރީ ހޮސްޕިޓަލަށް ބިމެއް ދޫކޮށްފައިވީނަމަވެސް އަދިވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނުފެށެ އެވެ.
"މި ސަރުކާރު އައި ފަހުން ކުޅުދުއްފުށީގެ ތަރައްގީއަށް ކޮށްދެވުނު ހަމަ އެއްކަމެއްވެސް ނެތް. ހަމަ އެއްކަމެއްވެސް ނެތް. އަޅުގަނޑު ދަންނަވާނީ ހަމަ ޒީރޯއޭ. ޓާޝަރީ ހޮސްޕިޓާ ވާހަކަދައްކާފަ ކޯށްޗެއްތޯ އެ ހެއްދެވީ. ބޯކިބަލެއް ނޫން ތޯ އެ ފަތުރާލީ. އަޅުގަނޑުމެން ބޭނުންވަނީ އުސް އިމާރާތެކޭ.ޖިހާދޭ ވިދާޅުވި އެވެ.
މި ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީއަށް ވައުދުވި މަޝްރޫއުތައް ނުހިނގާތީ، ޖިހާދޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އެގޮތުން އެއާޕޯޓާއި މަގުތަކުގެ ވާހަކަ އޭނާ ފާހަގަކުރެއްވި އެވެ. އަދި މިރަށުގައި ގާއިމުކޮށްދޭން ވައުދުވި ފުއް ފެކްޓްރީވެސް "ކާލީ ތޯ" އޭނާ ސުވާލުކުރެއްވި އެވެ.
އޭނާ ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ކުޅުދުއްފުށީ ރައްޔިތުންނަށް ދޭން ބުނި ގެވަޅު ކޮބާތޯ ސުވާލުކޮށްފަ އެވެ. އަދި އެންމެ ފަހުން ދޫކުރި ރޯހައުސްތައް ލިބުނު ރަށުން ބޭރު މީހުން އެ ރޯހައުސްތައް ދީފައި ހުރީ ކުއްޔަށް ކަމަށާއި އެ މައްސަލަތައް ނުބެލެނީ ކީއްވެތޯވެސް ޖިހާދޭ ސުވާލުކުރެއްވި އެވެ.
ކުޅުދުއްފުށީ ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް މި ސަރުކާރަށް ކޮށްދެވިފައިނުވާ ކަމަށާއި ސަރުކާރުގެ ދަށުން ހޮވުނު އެޖެންޑާ 19 އާއި ރަށްފެހި ފަތިސްގެ ޝިއާރުގެ ދަށުން އިންތިހާބުވި ފަރާތްތަކަށްވެސް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށެވެ. މިއިން ކޮންމެ ޝިއާރަކީވެސް ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ހަތަރު އަހަރުވެ ފަސް ވަނަ އަހަރު ހިނގަމުންދާއިރު ރާއްޖޭގެ ތަރައްގީއަށްޓަކާ މި ސަރުކާރަށް ލޯ މޮހޮރެއްވެސް ޖަހާނުލެވުނުކަމަށްވެސް ޖިހާދޭ ވިދާޅުވި އެވެ. ކުޅުދުއްފުށީ ދެ ދާއިރާގެ މަޖިލިސް މެމްބަރުންނާއި މޭޔަރާއި ސިޓީ ކައުންސިލަރުން އެ ބޭފުޅުންގެ ޒިންމާއަދާނުކުރައްވާކަމަށް ވިދާޅުވެ އެ ފަރާތްތަކުގެ އިސްތިއުފާއަށްވެސް ގޮވާލެއްވި އެވެ.