twitterviber whatsapp telegramfacebookyoutube instagram
1st January 2026

އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަަށް ކްރީޕް ރަނާ މޯލްޑިވްސް އިން 10 ޕަސެންޓް ޑިސްކައުންޓް

ނަބީލާ އިސްމާޢީލް
Jan 14, 2023

އުރީދޫ މޯލްޑިވްސް ގެ ކްލަބް ޕްރިމިއާ މެންބަރުންނަަށް "ކްރީޕް ރަނާ މޯލްޑިވްސް" އިން %10 ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫއިން ބުނީ، ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކްރީޕް ރަނާ މޯލްޑިވްސް އިން %10 ޕަސެންޓް ލިބޭ މި ޕްރޮމޯޝަންގައި އުރީދޫގެ ކްލަބް ޕްރިމިއާ ހުރިހާ މެންބަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން، ޑިސްކައުންޓް ހޯއްދެވުމަށް އުރީދޫ އެޕް އިން ކްލަބް ޕްރިމިއާ ކާޑް ދައްކާލުމަށް ވެސް އެ ކުންފުނިން އެދިފައިވެއެވެ.

އުރީދޫ ކްލަބް ޕްރިމިއާގައި ހިމެނޭ މެމްބަރުންނަކީ އެ ކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނެވެ.

މި ކްލަބަށް ވަދެވޭނީ އުރީދޫން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންނަށް އެ ކުންފުނިން ދޭ ދައުވަތަކުންނެވެ. ދައުވަތު ދިނުމުގައި އުރީދޫގެ ނެޓްވޯކުގައި ހޭދަކުރާ މުއްދަތާއި ބޭނުންކުރާ މިންވަރު އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަންކަމަށް ބަލައެވެ.

މި ކްލަބުގެ މެމްބަރުންނަށް ހާއްސަ އޮފާތަކާއި ޕްރޮމޯޝަންތައް އުރީދޫން ކުރިއަށްގެންދެ އެވެ. އަދި އުރީދޫއާއި އެކު އެއްބަސްވުން ހަދާފައިވާ އެކި ވިޔަފާރިތަކުން މެމްބަރުންނަށް ޑިސްކައުންޓް ލިބެ އެވެ.

މީގެ އިތުރުން މެމްބަރުންނަށް ހިލޭ ލައިފް އިންޝުއަރެންސް ލިބޭނެ ގޮތްވެސް އުރީދޫއިން ހަމަޖައްސައިދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355