twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކުޅުދުއްފުށީގައި ރައީސް ދޮޅުގަޑިއިރު، ޕީޕީއެމް މުޒާހަރާގައި

އަބްދުލް ވާހިދު ޙަސަން
Jan 18, 2023

އެމްޑީޕީގެ ފޯރިގަދަ ކެމްޕެއިންގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް އިދިކޮޅު ޕީޕީއެމުން މުޒާހަރާކޮށްފި އެވެ.

ރައީސް ކުޅުދުއްފުއްޓަށް ފައިބައިވަޑައިގެންނެވީ މިއަދު ހަވީރު 16:10 ހާއިރު އެވެ. އޭރުވެސް ޕީޕީއެމުން ދިޔައީ ބަނދަރު ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. އަޑުގަދަކުރާ ބޭނުންކޮށްގެން ރައީސް ޔާމީންގެ މިނިވަންކުރަން ގޮވާލަމުން ދިޔައިރު ރައީސް ސޯލިހުގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔަ އެވެ.

އަދި އެމަނިކުފާނު ކުޅުދުއްފުއްޓަށް ކޮށްދެއްވަން ވައުދުވި ގިނަ ކަންކަން ނުކޮށްދެއްވިވާތީ އެކަންކަން ފާހަގަކޮށްވެސް އަޑުއުފުލަމުންދިޔަ އެވެ. އެގޮތުން ސަރުކާރުން އަޅަން ވައުދުވި ޓާޝަރީ ހޮސްޕިޓަލާއި ކޮޗިން ފެރީގެ ހިދުމަތާއި މަގު ހެދުން ލަސްވުމާއި އެއާޕޯޓްގެ މައްސަލަތައް ފާހަގަކުރަމުންދިޔަ އެވެ.

ރައީސް ބަނދަރަށް ފައިބައިގެންނެވި ވަގުތު މުޒާހަރާގެ ބައިވެރިންގެ އަޑު ރައީސްއާ ހަމައަށް ހަމަ ސާފުކޮށް އިވެ އެވެ. ރައީސް ކުޅުދުއްފުށިން ފުރާވަޑައިގެންނެވީ މިއަދު 17:45 ގައި އެވެ. އެ މަނިކުފާނު ދެން ވަޑައިގަންނަވާނީ ހަނިމާދޫއަށެވެ.

ރައީސް ބަނދަރަށް ފައިބައިގެންނެވި ވަގުތު މުޒާހަރާގެ ބައިވެރިންގެ އަޑު ރައީސްއާ ހަމައަށް ހަމަ ސާފުކޮށް އިވެ އެވެ. ބަނދަރުން ރައީސް ދެން ވަޑައިގެންނެވީ އަމީނީމަގުގައި ހުންނަ އެ މަނިކުފާނުގެ ކެމްޕެއިން ޖަގަހައަށެވެ. އެތަނުގައި އެމަނިކުފާނު ކެމްޕެއިން ޓީމާ ބައްދަލުކުރައްވަމުންގެންދެވިއިރުވެސް ޕީޕީއެމުން ސަޕޯޓަރުން ދިޔައީ މުޒާހަރާކޮށް އަޑުއުފުލަމުންނެވެ.

އެކަމަކު އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ޕީޕީއެމު ސަޕޯޓަރުން ތިބެން ޖެހުނީ ވިލާކޮލެޖް ސަރަހައްދުގައި އެވެ. އެއަށްވުރެ ކައިރިއަށް އަންނަ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައި ހިފަހައްޓާފަ އެވެ. މުޒާހަރާގެ ބައިވެރިން ޕީޕީއެމްގެ ދިދަ އާއި ބެނާ ފަދަ ތަކެތި ގެންގުޅުނެވެ.

ރައީސް ކުޅުދުއްފުށިން ފުރާވަޑައިގެންނެވީ މިއަދު 17:45 ގައި އެވެ. އެ މަނިކުފާނު ދެން ވަޑައިގަންނަވާނީ ހަނިމާދޫއަށެވެ. އެ މަނިކުފާނު އެރަށުގައި އެއާޕޯޓް ބޮޑުކުރުމުގެ ބިޔަ މަޝްރޫއު މިރޭ އިފްތިތާހުކޮށްދެއްވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355