twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަޒްޔާނަށް އެހީވުމަށް އާއިލާއިން ފަންޑްރައިޒް އިވެންޓެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Jan 19, 2023

ކުޅުދުއްފުށީ ސަބްނަމީގެ ހަސަން އަޒްޔާން އަބްދުލްހަމީދުގެ އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އަޒްޔާންގެ މަންމަގެ އާއިލާއިން ފަންޑްރައިސް ހަރަކާތެއް ހިންގުމަށް ނިންމައިފި އެވެ.

އާއިލާއިން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މި ފަންޑްރައިސް އިވެންޓް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 16:00 ން 18:00 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ.

އާއިލާގެ އެދުމަކީ ކިތަންމެ ކުޑަ އެއްޗެއް ގަނެލައިގެންވިޔަސް ތުއްތު އަޒްޔާންގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އާއިލާއިން ބުނެ އެވެ.

މިހަރަކާތް ކުރިއަށްދާއިރު ފަންޑު ފޮށިވެސް ބެހެއްޓިފައި ހުންނާނެ ކަމަށާއި މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފާރާތެއް ހުރިނަމަ އެކަމަށް އެ އާއިލާއިން މަރުހަބާ ކިޔައެވެ.

އުމުރުން އެންމެ 5 އަހަރުގެ ތުއްތު އަޒްޔާން އަކީ ލޮލުގެ އެތެރެއިން ނިރުލައިގެން އުފެދިފައިވާ ޓިއުމަރެއް ބޮޑުވަމުން ގޮސް މިހާރުވަނީ ޔާންގެ ސިކުނޑީގެ ނާރުތަކުގެ ތެރެއަށް އޭގެ އަސަރުފޯރާ ލޮލުގެ ފެނުންވެސް ވަރަށް ބޮޑަށް ދަށްވެފައި ވުމުން އެޓިއުމަރު ނެގުމަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ބޮލުގެ ބޮޑު ތިން އޮޕަރޭޝަން ކުރެވި ޓިއުމަރުގެ ބޮޑުބައެއް ވަނީ މިހާރު ނެގިފަ އެވެ. ނަމަވެސް ޓިއުމަރު އެއްކޮށް ނަގަން އަދި ދުވަސްނަގާނެ ކަމަށް ޑޮކްޓަރުންވަނީ ބުނެފަ އެވެ.

މި މަހު އަޒްޔާންގެ އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އެ އާއިލާއިން ވަނީ އާންމުގެ އެހީތެރިކަމަށްވެސް އެދިފަ އެވެ. އަދި އަޒްޔާންގެ ކިޔަވަމުން އަންނަ ސްކޫލުންވެސް ވަނީ މި މަހު އަޒްޔާނަށް އެހީވުމަށް ފަންޑްރައިސް އިވެންޓެއް ބާއްވާފަ އެވެ.

އާއިލާއިން ބުނީ މި ފަހަރުވެސް ފަރުވާއަށް އިންޑިއާއަށް ގޮސް ގިނަ ދުވަސްތަކެއްގައި މަޑުކުރަން ޖެހޭތީ އެއާއިލާއިން އެކަމަށް ނުކުޅެދިފައިވާތީ އާންމުގެ އެހީތެރިކަމަށް ބޭނުންވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355