twitterviber whatsapp telegramfacebookyoutube instagram
20th April 2025

ބައިނަލްއަގުވާމީ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ ކުޅުދުއްފުށީގައި

ނަބީލާ އިސްމާޢީލް
Jan 26, 2023

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ އެޑިއުކޭޝަން އެކްސްޕޯ ކުޅުދުއްފުށީގައި މި މަހު ބާއްވަން ނިންމައިފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ކިޔު ސްޓަޑީ ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯގައި ބައިނަލްއަގުވާމީ ގިނަ ޔުނިވާސިޓީތަކުން ބައިވެރިވާނެ އެވެ. އެގޮތުން މެލޭޝިއާ، ޔޫކޭ، ޔޫއެސްއޭ، ޔޫރޮޕް އިންޑީއާ އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

މި އެކްސްޕޯގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު މި އެކްސްޕޯ އޮންނާނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މި މަހު 30 ވަނަ ދުވަހުގެ 14:00 ން 18:00 އަށެވެ.

އެކްސްޕޯގެ ތެރެއިން ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން އަދި ތައުލީމީ ފުރުސަތުތަކުގެ މައުލޫމާތު ކަމުގެ ތަޖުރިބާ ކާރުން ހިއްސާކޮށްދޭނެ އެވެ.

އެކްސްޕޯގެތެރެއިން ހިލޭ ކެރިއާ ގައިޑެންސް ސެމިނާއެއް ކުރިއަށްދާއިރު މި ސެމިނާގެ ބައިވެރިންނަށް ސެޓްފިކެޓް ލިބޭނެ އެވެ.

ކިއު ސްޓަޑީއަކީ މެލޭޝިއާގެ އެންމެ ގަދަ ނުވަތަ ޓޮޕް 10 ގައި ހިމެނޭ ހުރިހާ ޔުނިވާސިޓީއާ އެކު ޕާޓްނަޝިޕް އޮންނަ ހަމައެކަނި ކޮންސަލްޓެންޓެވެ. ކުންފުންޏަކީ މެލޭޝިއާގެ 40 އަށް ވުރެ ގިނަ ޕަބްލިކް އަދި ޕްރައިވެޓް ޔުނިވާސިޓީތަކާ ދެމެދު ޕާޓްނަޝިޕް އޮންނަ ކުންފުންޏެކެވެ.

މިދިޔަ އަހަރު ސިޓީ ކައުންސިލާއި، ކިޔު ސްޓަޑީ ގުޅިގެން ކުރިއަށްގެންދިޔަ "އެޑިއުކޭޝަން މެލޭޝިޔާ އެކްސްޕޯ"އަށްވެސް ވަނީ ކުޅުދުއްފުށިން ބޮޑު ތަރުހީބެއް ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355