twitterviber whatsapp telegramfacebookyoutube instagram
28th March 2026

ރޮނާލްޑޯގެ އަލް ނަސްރު ސައުދީ ސުޕަ ކަޕުން ކަޓައިފި

މުޙައްމަދު އަހުމަދު
Jan 27, 2023
1

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު ސައުދީ ސުޕަ ކަޕުގެ ސެމީގައި ރޭ އަލް އިއްތިހާދު އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ރޮނާލްޑޯ ވަނީ ދާދިފަހުން ނަސްރަށް ބަދަލުވުމަށްފަހު ރިޔާދު ސީޒަން ޓީމުގައި ހިމެނި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅެފަ އެވެ. 5 - 4 ން ޕީއެސްޖީ މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހާއި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

ރޭގެ މެޗުން އަލް އިއްތިހާދު މޮޅުވީ 3 - 1 ންނެވެ. ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި އިއްތިހާދުން ފުރަތަމަ ހާފުގައި ދެލަނޑު ޖަހާ ބޮޑު ލީޑެއް ނެގި އެވެ.

މިލަނޑުތައް އެޓީމަށް ޖަހައިދިނީ ރޮމަރީނިއޯއާއި އަބްދެއްރައްޒާގު ހަމްދުﷲ އެވެ. ދެވަނަ ހާފު ނަސްރުގެ ބްރެޒިލް ކުޅުންތެރިޔާ އެންޑަސަން ޓަލިސްކާ ފަރަގުކުޑަކުރި ނަމަވެސް އިއްތިހާދުގެ މުހައްނަދު އަލް-ޝަންގީތީ ވަނީ އިއްތިހާދަށް އިތުރު ލަނޑެއް ޖަހާ ފައިނަލަށް ގެންގޮސްދީފަ އެވެ.

ފައިނަލުގައި އިއްތިހާދުން ނުކުންނާނީ އަލް ފައިހާއާ ދެކޮޅަށެވެ. އަލް ފައިހާ ފައިނަލަށް ދަތުރުކުރީ ސެމީގައި 1 - 0 ން އަލް ހިލާލް ބަލިކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355