twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ނޮޅިވަރަމް ޑަބްލިއުޑީސީން ކުރިއަށްގެންދާ ކަސްރަތު ޕޮރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Feb 1, 2023

ހދ ނޮޅިވަރަމް އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ކަސްތަރު ޕްރޮގުރާމެއް ކުރިއަށްގެންދަން ނިންމާ، އެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ހައްވާ ޒާހިރާ ވިދާޅުވީ މި ޕްރޮގުރާމަކީ އެ ރަށު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެއް ކަމަށެވެ.

މި މަހު 15 އިން ފެށިގެން 1 މަސްދުވަހުގެ މުއްދަތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމަކީ 18 އަހަރުން މަތީގެ ދެ ޖިންސުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާ ހިންގަން ހަމަޖެހިފައިވާ މި ކަސްރަތު ޕްރޮގުރާމު ކުރިއަށް ގެންދާނީ ހެނދުނުއާއި ރޭގަނޑު އެވެ. އެއްގަމާއި މޫދު ކަސްރަތު ހިމެނޭހެން ޕްރޮގުރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމް ނިމޭއިރު އެންމެ ފާހަގަކޮށްލެވޭ ބަދަލެއް ހޯދާ ފަރާތަކަށް ވަނަ ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސާ ހައްވާ ވިދާޅުވި އެވެ.

ޕްރޮގުރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7906580 ނުވަތަ 7827824 އަށް ގުޅައިގެން ނަން ނޯޓް ކުރުމަށް އެ ކޮމެޓީން ވަނީ އެދިފަ އެވެ.

ނޮޅިވަރަމް ޑަބްލިއުޑީސީން މިދިޔަ މާޗް މަހުވެސް ވަނީ އެ ރަށުގައި މޫދު ކަސްރަތު ޕްރޮގުރާމެއް ހިންގާފަ އެވެ. އެ ޕްރޮގުރާމުން އެންމެ ފާހަގަކޮށްލެވުން 10 ފަރާތަކަށް ވަނީ ފައިސާގެ އިނާމުވެސް ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355