twitterviber whatsapp telegramfacebookyoutube instagram
29th March 2024

މެއިމަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ

އަބްދުލް ވާހިދު ޙަސަން
Feb 6, 2023
1

މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އަންނަ މެއިމަހުގެ އެކަކުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގެ 35 ޕަސެންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށްވެސް މެއިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އެލެވަންސް ލިބިގެން ފަށާނެ ކަމަށެވެ. އަދި މީގެ އިތުރުން މާޗުން މަހުންގެ ފެށިގެން ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލު އަންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓުގައި 2.4 ބިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށެވެ. އަދި ސިއްހީ ދާއިރާއަށް މުވައްޒަފުން އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

" ޕޭ ހަމަނައިޒް ކުރުން ނިމިގެންދާއިރު ޝަރުއީ ދާއިރާއާ އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސާރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލުވާނެ." ރައީސް ވިދާޅުވި އެވެ.

މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަށް ބަލާއިރުވެސް، އެންމެ ބޮޑު ބަޖެޓެއް ސަރުކާރުން ކަނޑައަޅުއްވާފައިވަނީ ސިއްހީ ދާއިރާގެ ކުރިއެރުމަށެވެ.

މުޅި ސިއްހީ ދާއިރާއަށް ބާލާއިރު މިއަހަރު 5 ބިލިއަން ރުފިޔާގެ ބަޖެޓެއް މި ދާއިރާއިން ހުށައަޅާފައިވެއެވެ. އޭގެތެރެއިން 4.1 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 891 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355