twitterviber whatsapp telegramfacebookyoutube instagram
28th March 2024

މި އަހަރު ނިމުމުގެ ކުރިން ދެކުނުގެ 4 އަތޮޅު އާރުޓީއެލުން ގުޅާލަނީ

ނަބީލާ އިސްމާޢީލް
Feb 6, 2023

މި އަހަރު ނިމުމުގެ ކުރިން ދެކުނުގެ ހަތަރު އަތޮޅު އާރުޓީއެލް ފެރީގެ ހިދުމަތުން ގުޅާލެވޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހުވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްގީވެ، އިގްތިސާދީ ހަރަކާތްތައް ފައްކާވަމުންދާ އިރު، އެ ރަށްތަކުގެ ގޮނޑުދޮށާ ހަމައިގައި ހުއްޓިފައި އޮންނަ އިގްތިސާދު މުޅި ރާއްޖެ އަށް ފަތުރާލަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ އިތުބާރާ ޔަގީންކަން އޮތް ބަދަހި ދަތުރުފަތުރުގެ ނިޒާމަކުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ ހަރަކާތްތައް ފައްކާވަމުން އަންނައިރު، "ބަދަހި ދަތުރުފަތުރު"ގެ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެކަން ކުރުމަށް، އެމްޓިސީސީ މެދުވެރިކޮށް ސަރުކާރުން ގާއިމްކުރަން ފެށި އާރުޓީއެލް ފެރީގެ ހިދުމަތް ކާމިޔާބު ނިޒާމަކަށް ވެއްޖެކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެއް ރަށް އަނެއް ރަށާއި އެއް އަތޮޅު އަނެއް އަތޮޅާ ގުޅި މުޅި ރާއްޖޭގައި އެކީ އެކަށް ހިނގާ އިގްތިސާދީ އިންޖީނަކީ މި ދެންނެވި ދަތުރުފަތުރުގެ ނިޒާމު. އެއްގަމާއި ކަނޑާ ވައިގެ މަގުން ރާއްޖެ ގަތާލެވޭ ގަތާލުން،" ރައީސް ވިދާޅުވިއެވެ.

"މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު، ހަމަ ކޮންމެ ދުވަހަކު، އެ ދަނީ އާރްޓީއެލްގެ ނިޒާމުން އަމުނައި ގަތައި ބަދަހިވަމުން. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން ހުވަދު އަތޮޅާއި ފުވައްމުލަކު އަދި އައްޑޫ، އާރްޓީއެލްގެ މި ނިޒާމުން ގުޅާލާނެ،" ފަސް އަހަރުގެ ވެރިކަމުގެ ދައުރުގައި ދެއްވާނެ ފަހު ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355